އޮލިމްޕިކްސް ބާސްކެޓް ބޯޅަ: ފްރާންސް އިން ވަރުގަދަ އެމެރިކާ ސިއްސުވާލައިފި

Advertisement

އޮލިމްޕިކްސް ބާސްކެޓް ބޯޅަ: ފްރާންސް އިން ވަރުގަދަ އެމެރިކާ ސިއްސުވާލައިފި

ޢަބްދުﷲ އަޝްރަފް

އޮލިމްޕިކް ގޭމްސްގައި އެމެރިކާގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމް ގިނަ އަހަރުތަކެއް ވަންދެން ދަމަހައްޓަމުންއައި މޮޅުވުމުގެ ރެކޯޑް ފްރާންސްގެ ބާސްކެޓް ބޯޅަ ޓީމުން ނިމުމަކަށް ގެނެސްފި އެވެ.

ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި އަށް ގައުމަކުން ވާދަކުރާ ފިރިހެން ބާސްކެޓް ބޯޅަ އިވެންޓްގެ ގްރޫޕް އޭ ގައި މިއަދު ހަވީރު ކުޅުނު މެޗްގައި ފްރާންސް އިން އެމެރިކާ ބަލިކުރީ 76-83 އިންނެވެ. އެންމެ ފަހުން ބޭއްވުނު ތިން އޮލިމްޕިކްސްގެ ފިރިހެން ބާސްކެޓް ބޯޅަ އިވެންޓުން ރަން މެޑަލް ހޯދި އެމެރިކާ އޮލިމްޕިކްސް ގައި ކުޅުނު މެޗަކުން އެންމެ ފަހުން ބަލިވެފައި ވަނީ 2004 ވަނަ އަހަރު އެވެ. ދުނިޔޭގެ ރޭންކިންގ ގެ އަށްވަނައިގައި އޮތް ފްރާންސް އަތުން ވާދަވެރި މެޗަކަށްފަހު މިއަދު އެމެރިކާ ބަލިވި އިރު އެމެރިކާ އިން ވަނީ އޭގެ ފަހުން ބަލި ނުވެ 25 މެޗް ހަމަކޮށްފަ އެވެ.

Advertisement

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ފިރިހެން ބާސްކެޓް ބޯޅަ އިވެންޓްގައި އެމެރިކާ އާއި ފްރާންސް ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ޗެކް ރިޕަބްލިކާއި، އީރާން އެވެ. މި އިވެންޓްގައި އެމެރިކާ އިން ކުޅޭ ދެވަނަ މެޗްގައި އަންނަ ބުދަ ދުވަހު ވާދަކުރާނީ އީރާނާ އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗްގައި އީރާން ވަނީ ޗެކް ރިޕަބްލިކާ ވާދަކޮށް ބަލިވެފަ އެވެ.  ޗެކް ރިޕަބްލިކް އަތުން އީރާން ބަލިވީ އެންމެ ހަ ޕޮއިންޓްގެ ތަފާތުންނެވެ.

އެމެރިކާ އާއި ފްރާންސް ވާދަކުރި މްޗް ފްރާންސް އިން ކާމިޔާބުކުރި އިރު މެޗްގެ ފުރަތަމަ ތިން ވަނަ ކުއާޓާގެ މެދަކާ ހަމައާ ޖެހެންދެންވެސް ކުރީގައި އޮތީ އެމެރިކާ އެވެ. އެކަމަކު ތިންވަނަ ކުއާޓާގެ ފަހު ކޮޅު ތަފާތު މޮޅު ކުޅުމެއް ދައްކައި ފްރާންސް އިން މެޗްގެ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލި އެވެ. ފްރާންސްއިން ތިންވަނަ ކުއާޓާގައި ނެގި ލީޑާއެކު މެޗް ނިންމަން ދަނިކޮށް ފަހު ކުއާޓާގެ ފަހު 30 ސިކުންތުގެ ތެރޭގައި އެ ޓީމަށް މެޗްގެ ނަތީޖާ ބަދަލުކޮށްލަން ތިން ޕޮއިންޓް އެއްފަހަރާ ހޯދޭނެ ހުސް ހަތަރު ފުރުސަތުވެސް ލިބުނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *