ނަބާހާގެ ތާރީހީ މެޗުގައި ދުނިޔޭގެ ނުވަ ވަނަ އާ ވާދަކޮށްފި

Advertisement

ނަބާހާގެ ތާރީހީ މެޗުގައި ދުނިޔޭގެ ނުވަ ވަނަ އާ ވާދަކޮށްފި

ޢަބްދުﷲ އަޝްރަފް

ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ބެޑްމިންޓަން އިވެންޓްގައި ރާއްޖޭން ވާދަކުރާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު ކުޅުނު ފުރަތަމަ މެޗުގައި ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައިވާ ކުޅުންތެރިޔާ އާ ވާދަކޮށްފި އެވެ.

ދުނިޔޭގެ އަންހެން ބެޑްމިންޓަން ރޭންކިންގެ ގަދަ ދިހައެއްގައި ހިމެނޭ ޗައިނާގެ ހީ ބިން ޖާއޯއާ ވާދަކޮށް މިއަދު ހެނދުނު ނަބާހާ ކުޅުނު މެޗް  ސީދާ ދެ ސެޓުން ނަބާހާ އަށް ވަނީ ގެއްލިފަ އެވެ. މި މެޗްގެ ފުރަތަމަ ސެޓް 6-21 އިން ނިމުނު އިރު ދެވަނަ ސެޓް ނިމިފައި ވަނީ 3-21 އިންނެވެ.

މިއީ ރާއްޖޭގެ އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ،  އުމުރުން 22 އަހަރުގެ ނަބާހާ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ބެޑްމިންޓަން އިވެންޓްގައި ރާއްޖެއިން ބައިވަރިވަނީ ވެސް ނަބާހާ އެކަންޏެވެ. މުބާރާތުގެ އަންހެން ބެޑްމިންޓަން ސިންގަލްސް އިވެންޓްގައި ނަބާހާ ކުޅޭ ދެވަނަ މެޗްގައި މާދަމާ ހެނދުނު ބައްދަލުކުރަން ހަމަޖެހިފައިވަނީ އީރާންގެ ސޮރާޔާ އަގޭއިއާ އެވެ.

އޮލިމްޕިކްސްގައި މިފަހަރު ރާއްޖެއިން ވާދަކުރަނީ ތިން ކުޅިވަރެއްގަ އެވެ. އެއީ ބެޑްމިންޓަންގެ އިތުރުން ފެތުމާއި، އެތުލެޓިކްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *