ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ޕްރިމިއާ ލީގުގެ ކުޅުންތެރިއަކު ހައްޔަރުކޮށްފި

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ޕްރިމިއާ ލީގުގެ ކުޅުންތެރިއަކު ހައްޔަރުކޮށްފި

ޢަލީ ޝަހީމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިއަކު ހައްޔަރުކޮށްފި އެވެ.

ގްރޭޓާ މެންޗެސްޓަރ ޕޮލިހުން އާއްމުކުރި ބަޔާނެއްގައި ބުނީ ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމުގައި މިމަހުގެ 16 ވަނަ ދުވަހު ހައްޔަރުކުރީ އުމުރުން 31 އަހަރުގެ މީހެއް ކަމަށެވެ. ހައްޔަރުގައި ބަހައްޓައިގެން ފުލުހުން މިހާރު އަންނަނީ އޭނާއާ ސުވާލުކުރަމުންނެވެ.

Advertisement

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފުލުހުން ހައްޔަރުކުރީ އެވަޓަން އަށް ކުޅެމުން އަންނަ އައިސްލެންޑަށް ނިސްބަތްވާ މިޑްފީލްޑަރު ގިލްފީ ސިގާޑްސަން އެވެ. އެހެންނަމަވެސް އެއީ ކޮން ކުޅުންތެރިއެއްކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ. އެކަމަކު ފުލުހުން އާއްމުކުރި ބަޔާނުގައި ބުނީ ހައްޔަރުކުރީ މިލިއަނުން މުސާރަ ލިބޭ ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިއެއް ކަމަށާއި އަދި އޭނާއަކީ ގައުމީ ޓީމުގައި ވެސް ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށެވެ.

Gylfi Sigurdsson's brother-in-law, 11, dies after accidentally shooting himself with shotgun - Mirror Online

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސިގާޑްސަން އެވަޓަންގެ ޖާޒީގައި. އޭނާ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް

ސިގާޑްސަން އަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން އެވަޓަން އިން މިހާރު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ކްލަބުން އާއްމުކުރި ބަޔާނުގައި ބުނީ ތުހުމަތުތަކާ ގުޅިގެން ފުރަތަމަ ޓީމުގެ ކުޅުންތެރިއަކު އެ ކްލަބުން ސަސްޕެންޑްކޮށްފައިވާނެ ކަމަށެވެ.

“ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުރަތަމަ ޓީމުގެ ކުޅުންތެރިއަކު މި ކްލަބުން ވާނީ ސަސްޕެންޑްކޮށްފަ. މުއައްސަސާތަކަށް ބޭނުންވާ އެއްބާރުލުން މި ކްލަބުގެ ފަރާތުން ދޭނަން. މިވަގުތު އިތުރަށް މި މައްސަލައިގައި ކްލަބުން އެއްޗެއް ނުބުނާނަން” އެވަޓަން އިން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

2008 ވަނަ އަހަރު އިނގިރޭސި ކްލަބް ރެޑިން ފުޓްބޯލް ކްލަބުން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ސިގާޑްސަން ވަނީ އޭގެފަހުން ސްވާންސީ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކުޅެފަ އެވެ. އައިސްލެންޑް ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ސިގާޑްސަން ވަނީ އެގައުމަށް މިހާތަނަށް ކުޅުނު 79 މެޗުގައި 25 ލަނޑު ޖަހައިފަ އެވެ.

ސިގާޑްސަން އަށް ބޮޑު ތުހުމަތެއް ކުރެވުނުއިރު އާ ކޯޗު ރަފައެލް ބެނީޓޭޒްގެ އިރުޝާދުގެ ދަށުން އެވަޓަން އިން މިހާރު އަންނަނީ އާ ސީޒަނަށް ތައްޔާރުވަމުންނެވެ. މިދިޔަ ސީޒަނުގައި އެވަޓަން ނިންމާލީ ލީގުގެ 10 ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *