އިތުރު ފަސް އަހަރު ބާސެލޯނާގައި މަޑުކުރަން މެސީ ނިންމައިފި

Advertisement

އިތުރު ފަސް އަހަރު ބާސެލޯނާގައި މަޑުކުރަން މެސީ ނިންމައިފި

ޢަބްދުﷲ އަޝްރަފް

2026 ވަނަ އަހަރާ ހަމައަށް ބާސެލޯނާގައި މަޑުކުރަން އެ ޓީމްގެ ކެޕްޓަން ލިއޮނަލް މެސީ ނިންމައިފި އެވެ. މިވަގުތު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި މެސީ އިތުރު ފަސް އަހަރު ބާސެލޯނާގައި މަޑުކުރަން ނިންމި އިރު އޭނާ ވަނީ ކުރިން ލިބެމުން އައި މުސާރަ ކުޑަކުރަންވެސް އެއްބަސްވެފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ނިމުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި އާޖެންޓީނާއަށް ހޯދައިދިނުމަށްފަހު މިވަގުތު ޗުއްޓީގައި ހުރި މެސީ ބާސެލޯނާގައި މަޑުކުރަން ނިންމިކަން މީޑިއާތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް ބާސެލޯނާއިން އަދި މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މިދިޔަ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާއާއެކު މެސީ ކުރިން ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު އެންމެ ފަހުން ބާސެލޯނާ އިން ބުނެފައިވަނީ މެސީ އިތުރު ދެ އަހަރު ދުވަހު ކްލަބްގައި މަޑުކުރުވަން އެއްބަސްވުމަކާ ހަމައަށް އާދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އުމުރުން މިހާރު 34 އަހަރު ވެފައިވާ މެސީ ބާސެލޯނާގައި ބެހެއްޓުމަކީ އެ ކްލަބްގެ އާ ރައީސް ޖޯން ލަޕޯޓާ އެންމެ އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެވެ. ލަޕޯޓާ މި މަސައްކަތް ފެށި އިރު މެސީ ގެންދިއުމަށްޓަކައި ފްރާންސްގެ ޕީއެސްޖީންނާއި، އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީން މަސައްކަތްކޮށްފާނެ ކަމުގެ ވާހަކަތަކެއް އޮތީ މީޑިއާގައި ފެތުރިފަ އެވެ. އެކަމަކު އެއިން އެއްވެސް ކްލަބަކުން މެސީ ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމުގެ މައުލޫމާތެއް އަދި ހާމަވެފައެއް ނެތެވެ.  .

ބާސެލޯނާގައި މެސީ މަޑުކުރުވުމުގެ އިތުރުން އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަށް ދޫކުރުމަށްފަހު އޭގެ ބަދަލުގައި އެތުލެޓިކޯއަށް ކުޅެމުން އަންނަ މިޑްފީލްޑަރު ސައުލް ނިގޭޒް ބާސެލޯނާއަށް ގެނައުމުގެ މަސައްކަތްވެސް އެ ކްލަބުން އަންނަނީ ކުރަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *