ވިމްބަލްޑަންގެ ސެމީއަށް ނުދެވި ފެޑެރާ ކަޓައިފި

Advertisement

ވިމްބަލްޑަންގެ ސެމީއަށް ނުދެވި ފެޑެރާ ކަޓައިފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ވިލާތުގައި މިހާރު ކުޅެމުން އަންނަ ވިމްބަލްޑަން ޓެނިސް މުބާރާތުން ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ ކަޓައިފި އެވެ. މީގެ ކުރިން މި މުބާރާތް އަށް ފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗްގައި  ޕޮލެންޑްގެ ހޫބާޓް ހާކޭޒް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

އަންނަ މަހު 40 އަހަރު ފުރޭ ފެޑެރާގެ މައްޗަށް އޯލް އިންގްލެންޑް ޗލަބްގައި ރޭ ކުޅުނު މެޗްގައި 24 އަހަރުގެ ހޫބާޓް ކުރި ހޯދީ 3-6، 6-7 އަދި 0-6 އިންނެވެ. މުބާރާތުގެ 14 ވަނައަށް ސީޑްކޮށްފައިވާ ކުޅުންތެރިޔާގެ އަތުން މިހާތަނަށް 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ ރޭ ބަލިވި އިރު އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ ރޭގެ ކުރިން މި މުބާރާތުގެ އެއްވެސް މެޗެއްގައި އެންމެ ސެޓެއްވެސް ސުމެއްގައި އޮވެގެން ފެޑެރާއަށް ގެއްލިފައި ނެތްކަމެވެ.

ފެޑެރާ މިފަހަރުގެ ވިމްބަލްޑަންގައި ވާދަކުރަން ނުކުތްއިރު އޭނާއަށް އެންމެ ބޮޑަށް ދިމާވި މައްަލައަކީ ފިޓްނަސްގެ މައްސަލަ އެވެ.  މި މުބާރާތަކީ މި ވޭތުވެދިޔަ 17 މަސްދުވަހުގެ ތެރޭގައި ފެޑެރާ ކުޅުނު ފަސް ވަނަ މުބާރާތެވެ. ވިމްބަލްޑަންގެ ކުރިން އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ފެޑެރާ ވާދަކުރި ނަމަވެސް ފިޓްނަސްގެ މައްސަލަތަކާ ހުރެ އޭނާ ވަނީ ވަކި ހިސާބަކުން މުބާރާތުން ވަކިވެފަ އެވެ. ފެޑެރާ އަށް ފިޓްނަސްގެ މައްސަލަތަކާ ކުރިމަތިލާންޖެހުނީ މިދިޔަ އަހަރުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ އޮޕަރޭޝަނެއް ކުރަންޖެހުމާ ގުޅިގެންނެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *