އެރިކްސެންގެ ހާދިސާއިން ހިތްވަރު ހޯދި ޑެންމާކް ސެމީ ފައިނަލަށް

Advertisement

އެރިކްސެންގެ ހާދިސާއިން ހިތްވަރު ހޯދި ޑެންމާކް ސެމީ ފައިނަލަށް

ޢަލީ ޝަހީމް

ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ 1-2 އިން ޗެކްރި ޕަބްލިކް ބަލިކޮށް ޑެންމާކް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ޑެންމާކް ސެމީގައި ނުކުންނާނީ ކުއާޓާ ފައިނަލުގައި މިރޭ އިންގްލެންޑާއި ޔޫކްރޭން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީގެ އަނެއް މެޗުގައި ވާދަކުރާނީ އިޓަލީ އާއި ސްޕެއިން އެވެ.

މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވިއިރު އެޓީމަށް ގަދަ 16 އިން ފުރުސަތު ލިބުނީ ތިން ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުގައި ފިންލެންޑް އަތުން ބަލިވިއިރު އެޓީމުގެ ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ވެއްޓި ކުއްލި ފަރުވާދިންއިރު އެރިކްސަނަށް މިހާރު ވަނީ މުބާރާތް ގެއްލިފަ އެވެ. އެރިކްސަންގެ ހިތާމަވެރި ހާދިސާއިން ހޯދި ހިތްވަރާއެކު ޑެންމާކް ފެންނަނީ މެޗަކަށް ވުރެ މެޗެއް ރަނގަޅުކޮށް ނަތީޖާ ނެރޭތަނެވެ.

Image

އަޒަރުބައިޖާންގެ ބާކޫގެ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ އެޓީމުން ނެގި ކޯނަރެއްގައި ތޯމަސް ޑިލަނޭ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. ގޯލަށް ފަހު ވެސް ޑެންމާކުން ގޯލު ޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސްކޮށްފަ އެވެ. އެޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެސްޕަ ޑޯލްބާގް އެވެ. މިއީ މުބާރާތުގައި ޑޮލްބާގް ކާމިޔާބުކުރި ތިން ވަނަ ލަނޑެވެ.

ބަދަލުތަކަކާ އެކު ނުކުމެ ދެ ވަނަ ހާފުގެ ކުރީކޮޅު ޕެޓްރިކް ޝިކްގެ ގޯލުން ޗެކްރި ޕަބްލިކް ވަނީ ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލާ އެކު ޝިކް ވަނީ މިފަހަރުގެ މުބާރާތުގައި ފަސް ލަނޑު ޖަހައި ސްކޯރިން ޗާޓުގެ އެއް ވަނަ އަށް އަރައިފަ އެވެ. ޝިކްއާ އެއްވަރަށް ފަސް ގޯލު ޖެހީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިރޭގެ މެޗާ އެކު ޝިކް އަށް ވެސް މުބާރާތް ނިމުނީ އެވެ.

ފަރަގު ކުޑަކުރުމަށް ފަހު ދެ ވަނަ ހާފުގައި ބާކީ ބައިގައި ޗެކްރި ޕަބްލިކުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރަން ބުރަކޮށް މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ހަމަލާތައް މަތަކުރުމުގައި ޑެންމާކްގެ ގޯލްކީޕަރު ކެސްޕަ ޝްމައިކަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޑެންމާކް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ 29 އަހަރު ކުދިން 1992 ވަނަ އަހަރު ޑެންމާކުން ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *