ފަހުމިނެޓުގައި މޮޅުވެ ކުއާޓާގެ ފަހު ޖާގަ ޔޫކްރޭނަށް

Advertisement

ފަހުމިނެޓުގައި މޮޅުވެ ކުއާޓާގެ ފަހު ޖާގަ ޔޫކްރޭނަށް

ޢަލީ ޝަހީމް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ފަހުމިނެޓުގައި ވައްދާލި ގޯލުން 2-1 އިން ސްވިޑެން ބަލިކޮށް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަ ޔޫކްރޭން ހޯދައިފި އެވެ.

މުބާރާތުގެ ގަދަ 16 އިން ސްވިޑެން ކެޓިއިރު އެޓީމު ވަނީ ހަތް ޕޮއިންޓާ އެކު ސްޕެއިން ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުން ލިބުނު ތިން ޕޮއިންޓާ އެކު ހަނި ގޮތަކަށް ޔޫކްރޭނަށް ގަދަ 16 އިން ފުރުސަތު ލިބުނީ ނެދަލެންޑްސް ހިމެނުނު ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.

Advertisement

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔޫކްރޭނުންނެވެ. އަންޑްރީ ޔާމޮލެންކޯގެ އެހީތެރިކަމާ އެކު އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު އޮލެކްސަންޑަ ޒިންޗެންކޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްވިޑެން އަށް ނަތީޖާ ހަމަހަމަކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އެމިލް ފޯސްބާގް އެވެ. ސްވިޑެން މުބާރާތުން ކެޓިއިރު ފޯސްބާގް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ފުރަތަމަ ހާފުގައި ސްވިޑެންގެ މާކަސް ޑެނިއެލްސަން އަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނުނުއިރު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ސްވިޑެން އިން ބޮޑަށް ވިސްނީ މެޗު ލަސްކޮށްގެން ޕެނަލްޓީއާ ހަމައަށް ދިއުމަށެވެ. އެކަމަކު އެޓީމުގެ އުއްމީދުތައް ފެނަށްވީ މެޗު ނިމެން އުޅެނިކޮށް ޔޫކްރޭންގެ އަރްތެމް ޑޮވްބީކް ބޮލުން ޖެހި ގޯލުންނެވެ. މިއީ ގައުމީ ޓީމަށް ޑޮވްބީކް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޔޫކްރޭންގެ އިތުރުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ޑެންމާކް، އިޓަލީ، ޗެކްރި ޕަބްލިކް، ބެލްޖިއަމް، ސްޕެއިން، ސްވިޒަލެންޑްގެ އިތުރުން އިންގްލެންޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *