ސަންޗޯ ގަންނަން ކުރިއަށްވުރެ ބޮޑު އަގެއް ޔުނައިޓެޑުން ހުށަހަޅައިފި

Advertisement

ސަންޗޯ ގަންނަން ކުރިއަށްވުރެ ބޮޑު އަގެއް ޔުނައިޓެޑުން ހުށަހަޅައިފި

ޢަބްދުﷲ އަޝްރަފް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރިން ހުށަހެޅި އަގަށްވުރެ ބޮޑު އަގެއް ހުށަހަޅައިފި އެވެ. ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 21 އަހަރުގެ ސަންޗޯ ގަންނަން މިފަހަރު ޔުނައިޓެޑުން ހުށަހެޅި އަގަކީ 85 މިލިއަން ޔޫރޯ ނުވަތަ 72.6 މިލިއަން ޕައުންޑެވެ.

ަސަންޗޯ ހޯދަން ޔުނައިޓެޑުން އެންމެ ފުރަތަމަ ހުށަހެޅި ބިޑް ޑޯޓްމަންޑުން ގަބޫލުނުކޮށް އަނބުރާ ރައްދުކޮށްފައިވާ އިރު ޔުނައިޓެޑުން މިފަހަރު ހުށަހެޅި އަގަކީވެސް ޑޯޓްމަންޑުން ސަންޗޯ ވިއްކަން ބޭނުންވާ އަގަށްވުރެ 10 މިލިއަން ޔޫރޯ މަދު އަދަދެކެވެ. މި ސަބަބާހުރެ މިފަހަރުގެ ބިޑްވެސް ޑޯޓްމަންޑުން ގަބޫލުނުކުރުމަކީ ވުން ވަރަށް ގާތްކަމެއް ކަމަށް ބީބީސީ ސްޕޯޓްސްގެ ހަބަރުގައި ބުނެފައިވެ އެވެ. ސަންޗޯ މިވަގުތު ހުރީ ޔޫރޯގައި ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމާއެކު އެވެ.

Advertisement

ސަންޗޯ ހޯދުމަށްޓަކައި މީގެ އެއް އަހަރު ކުރިންވެސް ޔުނައިޓެޑުން ވަނީ މަސައްކަތްކޮށްފަ އެވެ. އެފަހަރުވެސް ޔުނައިޓެޑުން މަސައްކަތްކުރީ ޑޯޓްމަންޑުން ކަނޑައެޅި އަގަށްވުރެ ކުޑަ އަގެއް ދީގެން އެ ކްލަބް ރުއްސޭތޯ އެވެ. އެފަހަރުގެ ތަޖްރިބާއާއެކު މިފަހަރު ސަންޗޯ ހޯދުމަށް އެ ޓީމުން ކުރާ މަސައްކަތް ނާކާމިޔާބުވާން ބޭނުންވާނެ ކަމަކަށް ނުބެލެވެ އެވެ.

ސަންޗޯ އާއެކު ޑޯޓްމަންޑުން ހަދާފައިވާ އެގްރީމެންޓްގައިވާ ގޮތުން ހޫނު މޫސުމުގެ ވަކި ހިސާބަކަށް ދިއުމުގެ ކުރިން އެއްވެސް ބަޔަކު އޭނާ ގަންނަން ހުށަހަޅައި އަދި އެ ހުށަހެޅި އަގަކީ ސަންޗޯ ވިއްކަން އެކަށީގެންވާ އަގެއްކަމަށް ޑޯޓްމަންޑަށް ފެނިއްޖެ ހިނދެއްގައި ސަންޗޯ އަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބެ އެވެ. ބެލެވޭ ގޮތުގައިސަންޗޯ ގެންދަން ޔުނައިޓެޑުން އެދޭ ނަމަ އޭނާ ގެންދިއުމާ މެދު ޑޯޓްމަންޑާއެކު އެންމެ ލަސްވެގެންވެސް އަންނަ މަހުގެ ކުރީ ކޮޅު އެއްބަސްވުމަކަށް އަންނަންޖެހޭނެ އެވެ.

ސަންޗޯ އަކީ ޔުނައިޓެޑްގެ ކޯޗް އޮލެ ގުނަ ސޯލްޝެއާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ތެރެއިން ލިސްޓްގެ އެންމެ ކުރީގައި އޮތް އެކަކެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *