ލެވަންޑޮސްކީ ޕޮލެންޑަށް އުއްމީދު އާކޮށްދިން ގޯލާއެކު ސްޕެއިންގެ ހާލު ދެރަވެއްޖެ

Advertisement

ލެވަންޑޮސްކީ ޕޮލެންޑަށް އުއްމީދު އާކޮށްދިން ގޯލާއެކު ސްޕެއިންގެ ހާލު ދެރަވެއްޖެ

ޢަބްދުﷲ އަޝްރަފް

ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ޕޮލެންޑްގެ ރޮބަޓް ލެވަންޑޮސްކީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހި ފުރަތަމަ ގޯލާއެކު މުބާރާތުގެ ނޮކައުޓް ސްޓޭޖުން ޖާގަ ހޯދުމަށް ޕޮލެންޑުން ކުރާ މަސައްކަތަށް އުއްމީދެއް ލިބިއްޖެ އެވެ. މިއާއެކު ގްރޫޕް އީ ގައި ރޭ ކުޅުނު މެޗްގައި ސްޕެއިން އިން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް މެޗްގެ ފަހު ހާފުގައި ލެވަންޑޮސްކީ ލަނޑެއް ޖަހައި ޕޮލެންޑަށް މެޗް އެއްވަރުކޮށްދިނުމާއެކު ގަދަ 16 އިން ޖާގަ ހޯދުމަށް ސްޕެއިން އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

މުބާރާތުގައި ޕޮލެންޑުން ކުޅުނު ފުރަތަމަ މެޗްގައި ސްލޮވާކިއާ އަތުން ބަލިވިއިރު ސްޕެއިން އިން ކުޅުނު ފުރަތަމަ މެޗްގައި ސްވިޑަން އާ ވާދަކޮށް ވީ އެއްވަރެވެ. މިގްރޫޕްގައި މިވަގުތު ހަތަރު ޕޮއިންޓާއެކު އެއްވަނައިގައި ސްވިޑަން އޮތް އިރު ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްލޮވާކިއާ އެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ސްޕެއިން ފަހު މެޗްގައި ސްލޮވާކިއާ އާ ދެކޮޅަށް ނުކުންނަ އިރު ޕޮލެންޑް ނުކުންނާނީ ސްވިޑަން އާ ދެކޮޅަށެވެ. މުބާރާތުގައި ސްޕެއިން އާއި ޕޮލެންޑް އިތުރަށް ކުރިއަށްދެވޭނެކަން ކަށަވަރުކުރުމަށްޓަކައި އަންނަ ބުދަ ދުވަހު ކުޅޭ އެ ދެ ޓީމްގެ ފަހު މެޗް ކާމިޔާބުކުރުން މަޖްބޫރެވެ.

Advertisement

ރޭ ސްޕެއިން އާއި ޕޮލެންޑް ވާދަކުރި މެޗްގައި ސްޕެއިން އަށް ލީޑް ނަގައިދިން ލަނޑު މެޗްގެ 25 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. މި ލަނޑު މޮރާޓޯ ގޯލަށް ވައްދާލުމާއެކު ފުރަތަމަ އޮފްސައިޑްކަމަށް ނިންމި ނަމަވެސް ފަހުން ވީއޭއާރު ޗެކްކުރުމަށްފަހު ގޯލެއް ކަމަށް ނިންމި އެވެ. ޕޮލެންޑަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ބަޔާން މިޔުނިކްގެ ފޯވާޑް ލެވަންޑޮސްކީ ކާމިޔާބުކުރީ 54 ވަނަ މިނެޓްގައެވެ. މުބާރާތުގައި ސްލޮވާކިއާ އާ ދެކޮޅަށް ޕޮލެންޑުން ކުޅުނު ފުރަތަމަ މެޗްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ލެވަންޑޮސްކީ އަކީ ޕޮލެންޑްގެ ހުރިހާ އުއްމީދެއް ގުޅިފައިވާ ކުޅުންތެރިޔާ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް މި ގަރުނުގެ ތެރޭގައި ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކުރި ސްޕެއިނުން މެޗްގެ ނަތީޖާ އެމީހުން ކޮޅަށް އަނބުރާލުމަށްޓަކައި މެޗްގެ ފަހު ވަގުތުގެ ތެރޭގައި ރަގަޅު ދެ ހަމަލާއެއް ޕޮލެންޑްގެ ގޯލަށް ފޮނުވާލި އެވެ. މިގޮތުން މެންޗެސްޓަ ސިޓީގެ ފޯވާޑް ފެރަން ޓޯރޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ދިޔަ އިރު ގޯލާ ވަރަށް ކައިރިން މޮރާޓާ ފޮނުވާލި ހަމަލާއެއް ޕޮލެންޑްގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *