އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުން ރާއްޖެއަށް ފުރުސަތު ލިބިއްޖެ

Advertisement

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު ބުރުން ރާއްޖެއަށް ފުރުސަތު ލިބިއްޖެ

ޢަބްދުﷲ އަޝްރަފް

2023 ވަނަ އަހަރު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ކުޅޭ ފަހު ބުރުން ރާއްޖެއަށް ފުރުސަތު ލިބުނުކަން ޔަގީންވެއްޖެ އެވެ. ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ރޭ ރާއްޖެއިން ކުޅުނު ފަހު މެޗުގައި ފިލިޕީންސްއާ ވާދަކޮށް އެއްވަރުވުމުން ބެލެވިފައި އޮތީ ރާއްޖެ އަށް އެ ފުރުސަތު ލިބެން އޮތީ ޕްލޭ އޮފްއެއް ކުޅެގެން ކަމަށެވެ.

ކުރިން އެނގިފައި އޮތްގޮތުން ރާއްޖެއަށް ފަހު ބުރުން ފުރުސަތު ލިބެން އޮތީ ފިލިޕީންސް އަތުން މޮޅުވެގެންނެވެ. ކޮންމެ ގްރޫޕަކުންވެސް ހަތަރު ވަނައަށްދާ ޓީމްތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ފަހު ބުރުން ފުރުސަތު ލިބޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތް އިރު އެންމެ ރަގަޅު ނަތީޖާ ހޯދާ ޓީމްތައް ކަނޑައަޅާ ގޮތަށް އޮތީ ގްރޫޕްގެ އެންމެ ފުލަށްދާ ޓީމްތަކާ ދެކޮޅަށް ޓީމްތަކުން ނެރުނު ނަތީޖާ ނުހިމަނަ އެވެ. ރާއްޖެ އަށް ޓޭބަލް ފުލުގައި އޮތް ގުއާމް އާ ދެކޮޅަށް ކުޅެގެން ލިބުނު ދެ މޮޅާއި ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ ލިބުނު ޕޮއިންޓްގެ ގޮތުން ހަތަރުވަނައަށް ދިޔަ ގިނަ ޓީމްތަކަށްވުރެ ކުރި ލިބުނަސް ރާއްޖެއަށް ޕޮއިންޓެއް ހޯދިފައި އޮތީ ރާއްޖެއަށްވުރެ މަތީގައި އޮތް ފިލިޕީންސް އާ ވާދަކޮށްގެން އެކަނި ކަމަށްވާތީ އޭއެފްސީން ބަލާ މިންގަނޑުން ރާއްޖެ އުޅުނީ ފަހަތުގަ އެވެ.

ކޮންމެ ގޮތަކަށް ކަން ހިނގާފައި އޮތް ނަމަވެސް  އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ގެ ފަހު ބުރަށް ދިޔަ ޓީމްތަކާއި ޕްލޭ އޯފް ކުޅެންޖެހޭ ޓީމްތައް އެނގޭނެ ގޮތަށް އޭއެފްސީން މިއަދު ހެނދުނު އާންމުކުރި ލިސްޓުގައި ރާއްޖޭގެ ނަން އޮތީ ފަހު ބުރުން ޖާގަ ހޯދި ޓީމްތަކުގެ ތެރޭގަ އެވެ. ކުރިން ގްރޫޕްގެ ހަތަރުވަނައަށް އަންނަ ހަތަރު ޓީމަކަށް ފަހު ބުރުން ފުރުސަތު ލިބޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް މިއަދު އާންމުކުރި ލިސްޓްގައިވާ ގޮތުން ހަތަރުވަނައަށް އައި ހުރިހާ ޓީމަކަށްވެސް ވަނީ ފައިނަލް ބުރުން ފުރުސަތު ދީފަ އެވެ. ރާއްޖޭގެ އިތުރުން މި ސަރަހައްދުން ފަހު ބުރަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި، އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލް ހިމެނެ އެވެ. ކޮލިފިކޭޝަންގައި ބައިވެރިވި ބަންގްލަޑޭޝް އޮތީ ޕްލޭ އޯފް ކުޅެން ޖެހޭ ޓީމްތަކުގެ ތެރޭގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *