ސްޕެއިނަށް ހެދުނީ ރިކޯޑް، މޮޅެއް ނުވެވުނު
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި ރޭ ސްވިޑުން އާ ދެކޮޅަށް ކުޅުނު މެޗްގައި ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ރިކޯޑްތަކެއް ސްޕެއިން އިން ހެދި ނަމަވެސް މެޗް ކާމިޔާބު ނުކުރެވި ނިމިއްޖެ އެވެ. ސްޕެއިން އާއި ސްވިޑާން އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗްގައި ސްޕެއިން އިން ވަނީ ބޯލް ޕޮސެޝަން 85 އިންސައްތައިގައި ހިފަހައްޓައިފަ އެވެ. މިއީ ޔޫރޯގެ ތާރީހުގައިވެސް މިހާތަނަށް ޓީމަކުން މިހާ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ފަހަރެވެ. އޭގެ އިތުރުން މެޗްގެ ފުރަތަމަ ހާފުގައި ސްޕެއިން އިން 419 ޕާސް ފު ފުރިހަމަކޮށްފައިވާ އިރު މިއީ ޔޫރީ މެޗެއްގެ ފުރަތަމަ ހާފުގައި ޓީމަކުން ޕާސް ފުރިހަމަ ކުރި އެންމެ މަތީ އަދަދެވެ. ފުރަތަމަ ޖހާފުގައި ސްޕެއިން އިން 419 ޕާސް ފުރިހަމަ ކުރި އިރު އޭގެ ތެރެއިން 303 ޕާހަކީ އެ ޓީމުން ސްވިޑަންގެ ހާފްގެ ތެރޭގައި ފުރުހަމަކުރި އަދަދެވެ. މިއީ ޔޫރޯ މުބާރާތެއްގެ މެޗެއްގެ ފުރަތަމަ ހާފުގައި އިދިކޮޅު ހާފުގެ ތެރޭގައި ޓީމަކުން މި އަދަދަށް ޕާސް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ހާފްގެ ތެރޭގައި ސްވިޑަން އަށް ފުރިހަމަކުރެވުނީ އެންމެ 38 ޕާހެވެ. މުޅި މެޗްގައި ސްޕެއިން އިން ޖުމްލަ 917 ޕާސް ފުރިހަމަކޮށްފައިވާ އިރު މިއީ ޔޫރޯ މެޗެއްގައި ޓީމަކުން މިވަރުކުރި ފުރަތަމަ ފަހަރެވެ.
ސްޕެއިން އިން ޕާސްކުރުމުގެ ރެކޯޑް ރޭ މުގުރާލިއިރު މި ރިކޯޑް ކުރިންވެސް އޮތީ އެ ޓީމް އަތުގަ އެވެ. މީގެ ބަރާބަރު ނުވަ އަހަރުކުރިން އޮތް ޔޫރޯ މުބާރާތުގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗްގައި ސްޕެއިން އިން އޮތީ 859 ޕާސް ފުރިހަމަކޮށްގެން ރެކޯޑް ގާއިމްކޮށްފައެވެ. އެ މެޗްގައި ސްޕެއިން އިން ފުރިހަމަކުރި އަށް ސަތޭކައަށްވުރެ ގިނަ ޕާސް ފުރިހަމަ ކުރިއިރު އޭގެ ތެރެއިން 136 ޕާސް ފުރިހަމަކުރީ ސްޕެއިން ދުށް އެންމެ ކުޅަދާނަ އެއް މިޑްފީލްޑަރު ޒަވީ އެވެ.
Advertisement
Leave a Reply