ފްރެންޗް އޯޕަން ވެސް ޖޮކޮވިޗް ކާމިޔާބުކޮށްފި
ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދިޔަ ފްރެންޗް އޯޕަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޮވާކް ޖޮކޮވިޗް ކާމިޔާބުކޮށްފި އެވެ. މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބުކުރި ޖޮކޮވިޗް ފްރެންޗް އޯޕަން ކާމިޔާބުކުރީ މީގެ ކުޑައިރުކޮޅެއް ކުރިން ނިމުނު މުބާރާތުގެ ފައިނަލްގައި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް އާ ވާދަކޮށް 2-3 ސެޓުން މޮޅުވެގެންނެވެ.
މުބާރާތުގެ ފަސްވަނަ ސީޑް އުމުރުން 22 އަހަރުގެ ސިޓްސިޕާސް މުބާރާތުގެ ފައިނަލުން ބަލިވި އިރު މިއީ އަރަމުން އަންނަ ޒުވާން ޓެނިސް ކުޅުންތެރިޔާ ވާދަކުރި ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. މެޗް ސިޓްސިޕާސް އަށް ގެއްލުނީ ފުރަތަމަ ދެ ސެޓް އޭނާ ކާމިޔާބުކޮށްފައި ވަނިކޮށެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މިރޭ ކުޅުނު ފައނަލް މެޗް ޖޮކޮވިޗް ކާމިޔާބުކުރީ 7-6، 6-2، 3-6، 2-6 އަދި 4-6 އިންނެވެ. މިއީ ޖޮކޮވިޗް މިހާތަނަށް ކާމިޔާބުކުރި 19 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. މި ތަށްޓާއެކު އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ސްޕެއިންގެ ރަފައެލް ނަޑާލް ހަދައިފައިވާ ރެކޯޑާ ހަމަކުރަން ޖޮކޮވިޗަށް ދެން ބޭނުންވަނީ އެންމެ ތަށްޓެކެވެ. ފްރެންޗް އޯޕަންގެ ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދީ މީގެ ކުރިން މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް ސެމީގައި ބަލިކުރުމަށްފަހު އެވެ.
Advertisement
Leave a Reply