ދެވަނަ މެޗުންވެސް މޮޅުވެ އަތޮޅު ޗެމްޕިއަންކަން ނިލަންދޫ ހޯދައިފި

Advertisement

ދެވަނަ މެޗުންވެސް މޮޅުވެ އަތޮޅު ޗެމްޕިއަންކަން ނިލަންދޫ ހޯދައިފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފ. އަތޮޅުގެ ޗެމްޕިއަންކަން އެ އަތޮޅު ނިލަންދޫ ހޯދައިފިއެވެ. ނިލަންދޫ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އެރަށު ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށްގެންނެވެ. މި ދެޓީމުގެ ފުރަތަމަ މެޗު ފ. މަގޫދޫގައި ކުޅެ ނިލަންދޫ ކާމިޔާބު ކުރީ 0-1 އިންނެވެ. ނިލަންދޫ އަށް ޗެމްޕިއަންކަން ލިބުނީ ދެމެޗުގެ އެގްރިގޭޓުން 3-1 އިން ކުރި ލިބިގެންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލީޑު ނެގީ މަގޫދޫ ޓީމުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބްދުﷲ އަރީން އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫން ވަނީ ފަހަތުން އަރާ ދެ ލަނޑު ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފައެވެ. ނިލަންދޫގެ ފުރަތަމަ ލަނޑު ޕެނަލްޓީއަކުން 41 ވަނަ މިނެޓުގައި ޖެހީ އަބްދުލް ބާސިތެވެ. އޭގެ ތިން މިނެޓު ފަހުން ނިލަންދޫއަށް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ އަހްމަދު ސަނޫން އެވެ.

މި މޮޅާއެކު ނިލަންދޫ ދެން ވާދަކުރާނީ ޒޯން ބުރުގައެވެ. ޒޯން މުބާރާތުގައި އެޓީމު ވާދަކުރާނީ މ. އަތޮޅުގެ ޗެމްޕިއަން ޓީމާއެވެ. މ. އަތޮޅު ފައިނަލުގައި މާދަމާ ވާދަކުރާނީ މުލި އަދި ވޭވަށެވެ. މި ޒޯންގައި ދެން ހިމެނޭ ވ އަދި ދ އަތޮޅުން އެއްވެސް ޓީމެއް ބައިވެރި ވެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރި ދ. ކުޑަހުވަދޫ ޓީމު ޒޯން ފައިނަލް ބުރުގައި ފެނިގެން ދާނެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *