ފަސޭހަކަމާއެކު ދިއްދޫ ބަލިކޮށް އަތޮޅު މުބާރާތް މުރައިދޫ ކާމިޔާބު ކޮށްފި

Advertisement

ފަސޭހަކަމާއެކު ދިއްދޫ ބަލިކޮށް އަތޮޅު މުބާރާތް މުރައިދޫ ކާމިޔާބު ކޮށްފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި މުރައިދޫ ޒޯން ބުރަށް ކޮލިފައި ވެއްޖެއެވެ. މުރައިދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ދެވަނަ ލެގުގެ މެޗު 4-0 އިން ކާމިޔާބު ކޮށްގެންނެވެ. މި މޮޅާއެކު އެރަށަށް ޗެމްޕިއަންކަން ލިބުނީ އެގްރިގޭޓް ނަތީޖާއިން 7-0 އިން ކުރި ލިބިގެންނެވެ. މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުން މުރައިދޫ ހޯމް ޓީމުގެ ގޮތުގައި ކުޅެ މޮޅުވީ 3-0 އިންނެވެ.

މިއަދު މެޗުގައި މުރައިދޫ ޓީމަށް ހަތަރު ލަނޑުވެސް ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ދިވެހި ޕްރިމިއަރ ލީގުގައި މިލަންދޫ ޓީމަށް ކުޅުނު އަބްދުﷲ އިހުވާން އެވެ. ދެވަނަ ލަނޑާއި ތިންވަނަލަ ލަނޑު ޖެހީ ސިރާތް އަބްދުލް އަޒީޒެވެ. ސިރާތުގެ ފުރަތަމަ ލަނޑު 73 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. މެޗުގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ މުހައްމަދު ނާއިސް އެވެ.

މުރައިދޫ އަކީ މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް ވަރުގަދައަށް ތައްޔާރުވި ޓީމެކެވެ. މިފަހަރުގެ މުބާރާތަށް އެޓީމަށް ވަނީ ދިވެހި ޕްރިމިއަރ ލީގުގައި މިލަންދޫ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. މިއީ އަތޮޅު ޗެމްޕިއަންކަން އެރަށަށް ލިބުނު ފުރަތަމަ ފަހަރެވެ. ޒޯން ބުރުގައި މުރައިދޫ ވާދަކުރަން ޖެހޭނީ ހދ. އަތޮޅު ފައިނަލުގައި ހަނިމާދޫއާއި ނޮޅިވަރަންފަރު ކުޅެގެން މޮޅުވާ ޓީމަކާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *