ލީގުގެ މުހިއްމު ހިސާބަކުން ކޭންއަށް އަނިޔާ ވެއްޖެ

Advertisement

ލީގުގެ މުހިއްމު ހިސާބަކުން ކޭންއަށް އަނިޔާ ވެއްޖެ

ޢަލީ ޝަހީމް

އިނގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްއަށް ކުޅޭ އުމުރުން 24 އަހަރުގެ ހެރީ ކޭން އަށް އަނިޔާވެ އަންނަ މަހުގެ ނިޔަލަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ. ކޭން އަށް އަނިޔާވީ އެންމެ ފަހުން ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ގޯލް ކީޕަރު އަސްމިރް ބެގޮވިޗާއެކު ބޯޅައެއް ހޯދަން މަސައްކަތް ކުރަނިކޮށެވެ.

ކޭންގެ ކަނާތު ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން މިހަފްތާ ބަންދުގައި އެފްއޭކަޕް ކުއަޓަރ ފައިނަލުގައި ސްވަންސީ ސިޓީއާއި ކުޅޭ މެޗާއި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއާއި ޗެލްސީއާއި ބައްދަލުކުރާ މެޗުވެސް ނުކުޅެވޭނެއެވެ. މީގެ އިތުރުން އިނގިރޭސި ގައުމީ ޓީމު މިމަހުގެ 23 ވަނަ ދުވަހު ނެދަލޭންޑްސް އާއި 27 ވަނަ ދުވަހު އިޓަލީއާ ދެކޮޅަށް ނުކުންނަ މެޗުތަކުގައިވެސް ނުކުޅެވޭނެއެވެ. މި ސީޒަނުގައި މިހާތަނަށް 35 ލަނޑު ޖަހާފައިވަނީ ކޭންއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ.

ކޭން އަކީ މިދިޔަ ސީޒަނުގައިވެސް ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މި ސީޒަނުގައި މިހާތަނަށް އޭނާވަނީ 24 ގޯލް ލީގުގައި ޖަހާފައެވެ. ކޭންގެ މި އަނިޔާގެ ސަބަބުން ޖެހިޖެހިގެން ތިންވަނަ ސީޒަނުގައި ރަން ބޫޓު ލިބުމުގެ ފުރުސަތު ވަނީ ކުޑަވެފައެވެ. ކޭންއާއެކު މި މަގާމަށް މިފަހަރު ވާދަކުރަނީ ލިވަޕޫލްގެ މުހައްމަދު ސަލާހް އެވެ.

މީގެ ކުރިންވެސް ކޭންއަށް ވަނީ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އެންމެ ފަހުން ކޭންއަށް މެޗުތަކެއް ގެއްލުނީ 2017 ވަނަ އަހަރުގެ މާރޗް މަހު އެފްއޭކަޕް ގައި މިލްވޯލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެފަހަރު ހަތަރު ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. މީގެ އިތުރުން 2016 ވަނަ އަހަރުވެ ސެޕްޓެމްބަރ މަހުވެސް ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެގެން ކޭން އަށް 10 މެޗު ވަނީ ގެއްލިފައެވެ. ޕްރިމިއަރ ލީގުގެ މުހިއްމު މެޗުތަކެއް ގެއްލުނު ނަމަވެސް ޖޫން މަހު ފަށާ ވޯލްޑް ކަޕަށް ކޭން ފިޓުވާނެއެވެ. ވޯލްޑްކަޕްގައި އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގައި ޖޫން 18 ވަނަ ދުވަހު ނުކުންނާނީ ޓިއުނޭޝިޔާއާ ދެކޮޅަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *