ސްޕެއިންގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Advertisement

ސްޕެއިންގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޢަބްދުﷲ އަޝްރަފް

އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ސްޕެއިންގެ ގައުމީ ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބާސެލޯނާގެ ޑިފެންޑަރު ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން މުބާރާތުގެ ކުރިން ސްޕެއިންގެ ޓީމުން ލިތުއޭނިއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅެން ހަމަޖެއްސި މެޗު ނުކުޅެން ސްޕެއިން ޓީމުން ވަނީ ނިންމައިފަ އެވެ.

އުމުރުން 32 އަހަރުގެ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ސްޕެއިން ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންގެ ނަތީޖާ އައީ ނެގެޓިވް ކޮށެވެ. އެހެން ނަމަވެސް ޓީމުގެ މެންބަރުންގެ ތެރެއިން ބުސްކެޓްސްއާ ޑައިރެކްޓް ކޮންޓެކްޓްވި އެންމެން ތިބޭނީ އައިސޮލޭޝަންގަ އެވެ.

Advertisement

ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިންގެ ގައުމީ ޓީމުން ލިތުއޭނިއާ އާ ދެކޮޅަށް ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗުގައި ދެން ވާދަކުރާނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމެވެ.  މި މެޗަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން މެޗަށް އަދިވެސް ވަންނަން ބޭނުންވާ ފަރާތްތަކަށް ޑިސްކައުންޓްދޭ ގޮތަށް ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ.

ޔޫރޯ މުބާރާތުގައި ސްޕެއިނުން ކުޅެންޖެހޭ ފުުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ބައްދަލުކުރާނީ ސްވިޑްން އާ ދެކޮޅަށެވެ. ސްޕެއިން ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމަކީ ޕޮލެންޑާއި، ސްލޮވާކިއާ އެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *