މުލަކާ އެއްވަރުކޮށް ފައިނަލުގެ ފަހު ޖާގަ ވޭވަށް ހޯދައިފި

Advertisement

މުލަކާ އެއްވަރުކޮށް ފައިނަލުގެ ފަހު ޖާގަ ވޭވަށް ހޯދައިފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މ. އަތޮޅު ބުރުގައި މިއަދު ހަވީރު މުލަކާ ދެކޮޅަށް ކުޅުނު މެޗު 2-2 އިން އެއްވަރުވުމުން ފައިނަލުގެ ފަހު ޖާގަ ވޭވަށަށް ލިބިއްޖެ އެވެ. ވޭވަށް ފައިނަލަށް ދިޔައީ ޕޮއިންޓުންނާއި ފައިދާ ގޯލުންވެސް މުލަކާ އެއްވަރުވެ ޖެހި ގޯލުގެ ތަފާތުންނެވެ. މި ދެޓީމަށްވެސް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ނަމަވެސް ތިންމެޗުން ވޭވަށު ޓީމުން 7 ލަނޑު ޖަހާފައިވާއިރު މުލަކަށް ޖެހުނީ 6 ލަނޑެވެ. އަންނަ ހޮނިހިރު ދުވަހު އެޓީމު ފައިނަލުގައި ނުކުންނާނީ މުބާރާތް ބާއްވާ މުލީ ޓީމާއި ދެކޮޅަށެވެ. މުލީ ޓީމު ފައިނަލަށް ދިޔައީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.
މިއަދުގެ މެޗުގައި ފުރަތަަމަ ލީޑު ނެގީ ވޭވަށުންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި މި ލަނޑު ވަނީ މުލަކު ޓީމުގެ ހުސައިން ނިޒާމް އަތުން ބައިކޮޅަށެވެ. ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓްތެރޭ މުލަކަށް އެއްވަރުކޮށްދިނީ ހުސައިން އާތިފް އެވެ. މެޗުގައި މުލަކަށް ލީޑު ލިބުނީ 70 ވަނަ މިނެޓުގައި ވޭވަށު ޓީމުގެ ނާފިޒް އަބްދުއްޝުކޫރު އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗުން މުލަކު ޓީމު މޮޅުވާން ދަނިކޮށް ވޭވަށުން އެއްވަރު ކުރީވެސް 78 ވަނަ މިނެޓުގައި ވޭވަށު ޓީމުގެ ނާފިޒް އަބްދުއްޝުކޫރެވެ.
މި މުބާރާތުގެ ޅ. އަތޮޅު ބުރުގައި މިއަދު ހަވީރު ނައިފަރާއި ހިންނަވަރު ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނައިފަރެވެ. އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީވެސް މި ދެޓީމު އެކަންޏެވެ. ނައިފަރުގައި ކުޅުނު މި މެޗުގައި އެޓީމުގެ އާދަމް އަސްފާން ވަނީ ދެ ލަނޑު ޖަހައިދީފައެވެ. ނައިފަރު ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނެޓުގައި މައުރޫފް ހުސައިން އެވެ.
ހދ އަތޮޅުގެ ގްރޫޕް އެކެއްގެ ފަހު މެޗުގައި މުބާރާތުން ކަޓާފައިވާ ފިނޭއާއި ނެއްލައިދޫގެ ކުރިމަތިލުން 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނެއްލައިދޫ އެވެ. މި މެޗުގައި ނެއްލައިދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ ހުސައިން ޝާމިލް އާއި ހަމްޒާ ހުސައިންގެ އިތުރުން ހުސައިން ވިސާމް އަދި އަހްމަދު އަންވަރެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *