އައިޕީއެލް ސެޕްޓަމްބަރު މަހު އެހެން ގައުމެއްގައި ފަށަނީ

Advertisement

އައިޕީއެލް ސެޕްޓަމްބަރު މަހު އެހެން ގައުމެއްގައި ފަށަނީ

ޢަބްދުﷲ އަޝްރަފް

ކޮވިޑާއި ގުޅިގެން މެދުކަނޑާލާފައި އޮތް މިއަހަރުގެ އިންޑިއަން ޕްރިމިއަ ލީގުގެ ބާކީ ބައި އަންނަ ސެޕްޓެމްބަރު މަހު ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ކުރިއަށްގެންދާ ގޮތަށް ނިންމައިފި އެވެ.

ޓީ20 އުސޫލުން ކުރިއަށްގެންދާ މި މުބާރާތް މި މަހުގެ ހަތަރު ވަނަ ދުވަހު މެދުކަނޑާލީ މުބާރާތުގައި ކުޅެމުންއައި ގިނަ އަދަދެއްގެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި މުބާރާތް އަލުން ފަށަން ހަމަޖެއްސި އިރު އެ މުބާރާތުގެ ބާކީ ބައި ގައުމުން ބޭރުގައި ކުރިއަށްގެންދަން ނިންމާފައިވަނީ މުބާރާތް އަލުން ފަށާ ދުވަސްވަރަކީ އިންޑިޔާއަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ދުވަސްވަރަކަށް ވާތީ އެވެ.

އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑުން ބުނިގޮތުގައި މުބާރާތް ސެޕްޓެމްބަރު މަހު ފަށަން ނިންމި ނިންމުމަކީ ބޯޑްގެ މެންބަރުންގެ އިއްތިފާގުން ނިންމ ި ނިންމުމެކެވެ. ލީގު މެދުކަނޑާލިއިރު ބާކީ 31 މެޗް ނުކުޅެ އޮތްއިރު  އަލުން މުބާރާތުގެ މެޗްތައް ތާވަލްކުރަން ޖެހުނީ  އެދުވަސްވަރާ ދިމާކޮށް ކުޅެން ހަމަޖެހިފައި އޮތް ގިނަ ބައިނަލްއަގްވާމީ މެޗްތަކަށްވެސް ފުރުސަތު ދީގެންނެވެ.

އައިޕީއެލްގެ ބާކީ ހުރި މެޗްތައް ސެޕްޓަމްބަރު މަހު ފަށާއިރު އޮކްޓޯބަރު މަހުގެ ތެރޭގައި ދުނިޔޭގެ ތަށްޓަށް ކުޅެވޭ ޓީ20 ފުޓްބޯޅަ މުބާރާތް ފަށަން ވަނީ ރޭވުފަ އެވެ. އެކަމަކު ހާލަތަށް އައި ބަދަލާއި ގުޅިގެން އެ މުބާރާތް ފަށާ ތާރީހް ފަސްކޮށްދިނުމަށް އިންޑިއާގެ ކްރިކެޓް ކޮންޓްރޯލް ބޯޑުން ވަނީ ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާ އައިސީސީ ގައި އެދިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *