ނެގި ގާގަނޑަށް ބޮލި އަރައިފ، އެލެގްރީ އެނބުރި ޔުވެންޓަސްއަށް

Advertisement

ނެގި ގާގަނޑަށް ބޮލި އަރައިފ، އެލެގްރީ އެނބުރި ޔުވެންޓަސްއަށް

ޢަބްދުﷲ އަޝްރަފް

އިޓާލިއަން ލީގުގެ ހަތަރު ވަނައިގައި މި ސީޒަން ނިންމާލަން ޖެހުނު ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމުން އެންޑްރޭ ޕިރްލޯ ވަކިކޮށް އޭގެ މާ ގިނަ އިރުތަކެއް ނުވެ އެ މަގާމަށް އެ ޓީމަށް ކުރިން އިރުޝާދުދިން ކޯޗް މެސިމިލިއާނޯ އެލެގްރީ އަލުން ގެނެސްފި އެވެ.

ޔުވެންޓަސްގެ ކޯޗްކަމުން މިއަދު ވަކިކުރި އުމުރުން 42 އަހަރުގެ ޕިރްލޯ މަގާމާއި ހަވާލުވީ މީގެ އަހަރެއްހާ ދުވަސް ކުރިން އެ މަގާމުގައި ހުރި މައުރީސިއޯ ސާރީ މަގާމުން ވަކިކުރުމަށްފަހު އެވެ. ޕިރްލޯ އާ ޔުވެންޓަސްގެ ކޯޗްކަން ހަވާލުކުރުންވީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމަކަށެވެ. އިޓާލިއަން ލީގު ޖެހިޖެހިގެން ނުވަ ފަހަރު ކާމިޔާބުކުރުމަށްފަހު މިފަހަރު ކިރިޔަ ކިރިޔާ ގަދަ ހަތަރެއްގައި ޔުވެންޓަސް ލައްވާލުމަކީ ޕިރްލޯ މަގާމުން ވަކިކުރި މައިގަނޑު ސަބަބު ކަމުގައި ބެލެވެ އެވެ. އިޓާލިއަން ލީގުގައި ޔުވެންޓަސްއަށް އެންމެ އެދެވޭ ކުޅުން ނުދެއްކުނު ނަމަވެސް ޕިރްލޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ މި ސީޒަންގެ އިޓާލިއަން ކަޕް ކާމިޮޔާބުކޮށްފަ އެވެ.

Advertisement

ޔުވެންޓަސްގެ ކޯޗްކަމުގެ މަގާމާ މިއަދު ހަވާލުވި އެލެގްރީ ވަނީ 2014 އިން 2019 އަށް އެ ޓީމްގެ ކޯޗް ކަމުގެ މަގާމް އަދާކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ފަސް ފަހަރު ޔުވެންޓަސް އަށް ލީގު ކާމިޔާބުކޮށްދިނުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ޔުވެންޓަސް ގެންގޮސްދީފައިވެ އެވެ. މީގެ އިތުރުން އެލެގްރީ ވަނީ އިޓާލިއަން ކަޕް ހަތަރު ފަހަރު ޔުވެންޓަސް އަށް ކާމިޔާބުކޮށްދީފަ އެވެ.

2019 ވަނަ އަހަރު ޔުވެންޓަސް ދޫކޮށްލި ފަހުން އުމުރުން 53 އަހަރުގެ އެލެގްރީ އެހެން ޓީމަކާ ހަވާލު ނުވެ ހުރީ ހުހަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *