ޗެލްސީއަށް ލިބުނު ހުރިހާ ޓިކެޓެއް ނުވިކުނު. ބާކީބައި އަނބުރާ ހަވާލުކޮށްފި

ޗެލްސީއަށް ލިބުނު ހުރިހާ ޓިކެޓެއް ނުވިކުނު. ބާކީބައި އަނބުރާ ހަވާލުކޮށްފި

ޢަބްދުﷲ އަޝްރަފް

އަންނަ ހޮނިހިރު ދުވަހުގެ ރޭ ޕޯޗްގަލްގެ ޕޯޓޯގައި ކުޅުމަށް ހަމަޖެހިފައިވާ  ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާ ޗެލްސީގެ ސަޕޯޓަރުންނަށް ލިބުނު ޓކެޓްތަކުގެ ތެރެއިން އަށްސަތޭކައަށްވުރެ ގިނަ ޓިކެޓް ނުވިކިގެން އެ ކްލަބުން އަނބުރާ ޔޫއެފާ އާ ހަވާލުކޮށްފި އެވެ. މެންވެސްޓަ ސިޓީ އާ ދެކޮޅަށް ކުޅޭ ފައިނަލް މެޗް ބަލަން ދަނޑަށް ވަނުމަށްޓަކައި ޗެލްސީގެ ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޔޫއެފާ އިން ދޫކުރީ ޖުމްލަ  5،800 ޓިކެޓެވެ.

ޗެލްސީއަށް ލިބުނު ޓިކެޓްތައް ދެ ކެޓަގަރީއަކަށް އެ ކްލަބުން ބަހާލި އިރު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ދާން  ބޭނުންވާ ފަރާތްތަކަށް ހާއްސަކުރި 2،800 ޓިކެޓަށް ބޮޑު ޑިމާންޑެއް އޮތެވެ. ނުވިކުމުގެ ސަބަބުން ބާކީވި ޓިކެޓްތަކަކީ ކްލަބްގެ ފަރާތުން ޗާޓަރުކޮށްގެން ހަމަޖައްސާފައިވާ ފްލައިޓްގައިދާން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޓިކެޓްތަކެވެ. ޗާޓަރު ފްލައިޓްގައި ދަތުރުކުރާ ފަރާތްތަކުން ދަތުރު ހަރަދުގެ ގޮތުގައި 200 ޕައުންޓް ތައްކަންޖެހެ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް 16,000 ސަޕޯޓަރުން ވެއްދުމަށް ޔޫއެފާއިން ހަމަޖައްސާފައިވާއިރު ޓިކެޓްގެ އަގުތަށް އުޅެނީ 70 ޔޫރޯ އިން ފެށިގެން 400 ޔޫރޯ އާ ދެމެދުގަ އެވެ. ޔޫއެފާ އިން ކުރިން ހަމަޖައްސާފައި އޮތީ ޗާޓަރު ފްލައިޓްގައިދާ ފަރާތްތަކަށް ޖުމްލަ ޓިކެޓްގެ 90 އިންސައްތަ ހާއްސަކުރާށެވެ. އެހެން ނަމަވެސް ދަތުރުގައި ޕޯޗްގަލްގައި ހޭދަވަނީ އެންމެ 24 ގަޑިއިރު ކަމަށްވުމުގެ އިތުރުން ކޮވިޑް ޓެސްޓް ހަދަންޖެހުމާއި، އިތުރު އެހެން ހަރަދުތަކާއި ދަތިތައް ކޮވިޑާ ގުޅިގެން ސަޕޯޓަރުންނަށް ކުރިމަތިވާނެތީއާއެކު ޗާޓަރު ފްލައިޓްގައި ދާ ފަރާތްތަކަށް ހާއްސަކުރާ ޓިކެޓްގެ އިންސައްތަ ޗެލްސީގެ އެދުމާއެކު ޔޫއެފާ އިން ވަނީ ފަހުން ދަށްކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗް ބަލަންދާ ޗެލްސީގެ ސަޕޯޓަރުންނަށް ޓިކެޓްގަތުމުގައި ދަތިތަކެއް ހުރި އިރު އެ ޓީމާ ދެކޮޅަށް ނުކުންނަށް ސިޓީގެ ސަޕޯޓަރުންގެ ތެރެއިން މެޗް ބަލަންދާ ފަރާތްތަކުގެ ދަތުރު ހަރަދު އެ ޓީމްގެ ވެރިޔާ ެއިހް މަންސޫރު ހަމަޖައްސައިދޭގޮތަށް ވަނީ ނިންމައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *