ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބާއްވަން މަޝްވަރާކުރަނީ
ދުނިޔޭގައި ކުޅެވޭ އެންމެ މަގްބޫލް ކުޅިވަރު މުބާރާތް ކަމަށްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހަތަރު އަހަރުން އެއް އައް އަހަރު ބޭއްވުމުގެ ބަދަލުގއި ދެ އަހަރުން އެއް އަހަރު ބޭއްވުން ރަގަޅުތޯ ބެލުމަށްޓަކައި ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ތައްޔާރުވެއްޖެ އެވެ.
1930 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ދެ އަހަރުން އެއް އަހަރު ބޭއްވުމަށްޓަކައި ޕްރޮޕޯސަލް ހުށަހަޅައިފައިވަނީ ސައުދީ އަރަބިއްޔާ އިންނެވެ. މި ހުށަހެޅުމަށް ފީފާގެ މެންބަރު 166 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. ޕްރޮޕޯސަލްއާ ދެކޮޅަށް ވޯޓް ދިނީ އެންމެ 22 ގައުމުންނެވެ . މި ޕްރޮޕޯސަލް އާ ގުޅިގެން ފީފާ އިން ކުރިއަށްގެންދާ ދިރާސާގައި ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވާނަމަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ކުޅޭ މުބާރާތްތަކަށްވެސް ބަލާނެ އެވެ.
“އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި ފުޓްބޯޅައިގެ ކުރިމަގު މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގަ. އަދި މިހާރު ކުރިމަތިވެފައި މި އޮތް އާލަމީ ބަލިމަޑުކަމުގެ ސަބަބުން ފުޓްބޯޅައަށް ކުރިމަތިވެފައި ހުރި މައްސަލަތައް ވަނީ އިތުރަށް ގޯސްވެފަ. މިހެން ވުމާއެކު އެބަޖެހޭ މި މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ފުޓްބޯޅައިގެ ކަންކަން މުރާޖައާ ކުރަން. އޭގެ ތެރެއިން ވަރަށް މުހިއްމު އެއް ކަމެއް މިއީ ދުނިޔޭގެ ތަށްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް މިހާރު ބާއްވަމުން އަންނަ ގޮތްވެސް މުރާޖައާ ކުރުން.” ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޔަސާ އަލް މިސްހާލް ބުންފައިވެ އެވެ.
“ފުޓްހުރި މައްސަލަތައް ހައްލު ކުރުމަށް އަހަރެމެން ގަބޫލުކުރާ ގޮތުގަ ގައުމުތަކުން ސީރިއަސްކޮށް ނަގާނެ މަދު މުބާރާތްތަކެއް ބޭއްވުމާއި، އަދި އެ މުބާރާތްތަކުގެ ހައިބަތާއި، އެއިން ލިބޭ ނަފާ ބޮޑުކުރުމަކީ މުހިއްމު ކަމެއް. ” ޔަސާ ބުނެފައިވެ އެވެ.
ހަތަރު އަހަރުން އެއް އަހަރު ކުރިއަށްގެންދާ ގޮތަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މީގެ ގާތްގަޑަކަށް 90 އަހަރު ކުރިން ބާއްވަން ފެށިފަހުން އަދި މިހާތަނަށް ނުބޭއްވި ގޮސްފައިވަނީ 1942 ވަނަ އަހަރު އާއި 1946 ވަނަ އަހަރު އެވެ. އެ ދެ ފަހަރުވެސް މުބާރާތް ނުބޭއްވި ދިޔައީ ދެވަނަ ބޮޑު ހަގުރާމައާ ގުޅިގެންނެވެ.
Advertisement
Leave a Reply