ވަރުގަދަ އޭދަފުށި ބަލިކޮށް ފެހެންދޫން އަތޮޅު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި

Advertisement

ވަރުގަދަ އޭދަފުށި ބަލިކޮށް ފެހެންދޫން އަތޮޅު ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ފުޓްބޯޅައިގައި ނަން މަޝްހޫރު އޭދަފުށި ބަލިކޮށް ފެހެންދޫން އަތޮޅު ޗެމްޕިއަންކަމާއި ގާތަށް ޖެހިލައިފިއެވެ. މިދިޔަ ތިން އަހަރުވެސް އަތޮޅު ޗެމްޕިއަންކަން އަދި ޒޯން ޗެމްޕިއަންކަންވެސް ހޯދި އޭދަފުށީގެ މައްޗަށް ފެހެންދޫން ކުރި ހޯދީ 3-1 އިންނެވެ.

އޭދަފުށީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖެހީ އެޓީމުގެ ޑިފެންޑަރ އަހްމަދު ހަނީފެވެ. އޭގެ ފަސް މިނެޓު ފަހުން ފެހެންދޫއިން އެއްވަރު ކުރީ މެޗުގައި މޮޅަށް ކުޅުނު މުހައްމަދު ރީހާން ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ. ފެހެންދޫއަށް މެޗުގައި ކުރި ލިބުނު ލަނޑު ކާމިޔާބު ކޮށްދިނީ 79 ވަނަ މިނެޓުގައި އާދަމް ނަސީމެވެ. އެޑަމް އަކީ މިދިޔަ އަހަރުގެ ޒޯން ފައިނަލް ބުރުގައި އޭދަފުއްޓަށް ކުޅުނު ކުޅުންތެރިއެކެވެ. ގޮއިދޫއިން މެޗުގެ ތިންވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައި އިބްރާހީމް މާޖިދު އެވެ.

މި މެޗުން ބަލިވުމުން މިމަހުގެ 12 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގްގައި އޭދަފުށިން ތިން ލަނޑުގެ ތަފާތަކުން ފެހެންދޫ ބަލިކުރަން ވަނީ މަޖުބޫރުވެފައެވެ. ދެމެޗުވެސް އޭދަފުށީގައި ކުޅޭ އިރު، ދެވަނަ މެޗުގެ ހޯމް ޓީމަކަށް ވާނީ ފެހެންދޫ އެވެ. ފެހެންދޫ އަކީ އަތޮޅު އަދި ރާއްޖޭގެ ނިސްބަތުންވެސް އެންމެ އާބާދީ ކުޑަ އެއް ރަށެވެ. އެހެންނަމަވެސް ކުޅުންތެރިންގެ ނިސްބަތުން ފުޓްބޯޅައިގައި އެރަށަކީ ފާހަގަ ކޮށްލެވޭ ރަށެކެވެ. އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމު ވާދަކުރާނީ ރ، ބ އަދި ޅ ހިމެނޭ ޒޯން ތިނެއްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *