ލިވަޕޫލަށް އުންމީދު އާކޮށްދިނުމަށްފަހު އެލިސަންގެ ނަން ރަނުން ފަވައިފި

Advertisement

ލިވަޕޫލަށް އުންމީދު އާކޮށްދިނުމަށްފަހު އެލިސަންގެ ނަން ރަނުން ފަވައިފި

ޢަބްދުﷲ އަޝްރަފް

އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ  ރެލިގޭޓްވެފައި އޮތް ވެސްޓް ބްރޮމް އާ ލިވަޕޫލް ވާދަކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ޖަހައިދިން ގޯލުން ގަދަ ހަތަރަކުން ޖާގަ ހޯދުމަށް އެ ޓީމުން ކުރަމުން އަންނަ އުއްމީދު ދަމަހައްޓައިފި އެވެ. މިއީ ލިވަޕޫލްގެ 130 އަހަރުވީ ތާރީހުގައިވެސް ވާދަވެރި މެޗެއްގައި ކުޅުމުގެ ތެރެއިން ގޯލްކީޕަރަކު ލަނޑެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިރޭ ރަށުން ބޭރުގައި ލިވަޕޫލުން ވެސްޓް ބޮރޮމް އާ ދެކޮޅަށް ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ ވެސްޓް ބްރޮމް އިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 1-2 އިން މޮޅުވެގެންނެވެ. މި ނަތީޖާ އާއެކު ލިވަޕޫލުން ވަނީ ހަތަރުވަނައިގައި އޮތް ޗެލްސީ އާއި އެ ޓީމާއި ދެމެދު އޮތް ފަރަގު އެންމެ ޕޮއިންޓަކަށް ކުޑަކޮށްފަ އެވެ. ލިވަޕޫލާއި ޗެލްސީ އަށްވެސް ލީގުގައި ބާކީ އޮތީ އެންމެ ދެ މެޗެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ޕޮއިންޓް ތާވަލް މިހާރު އޮތް ގޮތަށް ބަލާއިރު ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރު ކުރުމުގެ އަމިއްލަ ބާރު ލިވަޕޫލަށް ނެތަސް އެ ޓީމަށް ލީގުގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްފި ނަމަ  ލިވަޕޫލަށް ގަދަ ހަތަރެއް ކަށަވަރު ކުރުމުގެ ބޮޑު ފުރުސަތެއް އެބަ އޮތެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ލިވަޕޫލުން ކުރާ ދަތުރުގައި އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލިވަޕޫލަށްވުރެ ކުރީގައި އޮތް ޗެލްސީ އާއި ލެސްޓަ ސިޓީ ވާދަކުރަން ޖެހިފައި އޮތުމެވެ. އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ލިވަޕޫލަށް އޭގެ ފައިދާ ނެގޭނެ އެވެ.

މިރޭ ލިވަޕޫލުން ވެސްޓް ބްރޮމް އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސްޓް ބޮރޮމް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ  15 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެ ޓީމުގެ ފޯވާޑް ރޮބްސަން ކާން އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 33 ވަނަ މިނެޓްގައި ޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. ލިވަޕޫލް މެޗުން މޮޅުކޮށްދިން ލަނޑު އެލިސަން ކާމިޔާބުކުރީ މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ހުއްޓާ އެ ޓީމަށް ލިބުނު ކޯނަރެއް އެލެގްޒެންޑާ އާނޯލްޑް ނަގައިދިނުމުން ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *

  • ވާނުވާ ނޭންގޭ މީހުން ނޫސްވެރިކަން ނުކޮށްބަލަ ހެޔޮނުވާނެ. ތިއީ 3 ވަނަ މީހާ.