އިޓާލިއަން ލީގުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުވެންޓަސް އަށް ދީފި

Advertisement

އިޓާލިއަން ލީގުން ވަކިކުރާނެ ކަމުގެ އިންޒާރު ޔުވެންޓަސް އަށް ދީފި

ޢަބްދުﷲ އަޝްރަފް

އަލަށް ތައާރަފްކޮށް ބާއްވަން މަސައްކަތްކޮށް ނާކާމިޔާބުވި ޔޫރަޕިއަން ސުޕަ ލީގުން އަންނަ ސީޒަން ފެށެންވާއިރަށް ޔުވެންޓަސް ވަކި ނުވެއްޖެ ނަމަ އިޓާލިއަން ލީގުން ވަކި ކުރާނެ ކަމުގެ އިންޒާރު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ދީފި އެވެ.

އިނގިރޭސި ޕްރިމިއަ ލީގާއި، ސްޕެނިޝް ލީގުގެ އިތުރުން އިޓާލިއަން ލީގުގައި ހިމެނޭ 12 ކްލަބަކުން ބައިވެރިވެގެން ބާއްވަން މަސައްކަތްކުރި މުބާރާތުން ތިން ޓީމެއް ފިޔަވައި އެހެން ހުރިހާ ޓީމެއް ވަނީ މުބާރާތުން ވަކިވެފަ އެވެ. މުބާރާތުން ވަކި ނުވެ އޮތީ ޔުވެންޓަސްގެ އިތުރުން ރެއާލް މެޑްރިޑާއި، ބާސެލޯނާ އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލް ގްރާވީނާ ބުނެފައިވަނީ ގަވައިދުގައި ބުނާ އެއްޗެއް ވަރަށް ސާފު ކަމަށާއި، އަންނަ ސީޒަން ފެށެންވާއިރުވެސް ސުޕަ ލީގުން ވަކިނުވެ ޔުވެންޓަސް އޮތްނަމަ އެ ޓީމަށް އިޓާލިއަން ލީގުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

“ޔުވެންޓަސްގެ ސަޕޯޓަރުންނަށް އެކަމުގެ ސަބަބުން ލިބޭނެ ދެރައާ މެދު އަހަރެން ހިތާމަކުރަން. އެކަމަކު ގަވައިދު ވާނީ ގަވައިދަށް. އަދި އެކަން އެންމެންގެ މައްޗަށް ހިނގާނެ.” ގްރާވީނާ ބުންޏެވެ.

“ފެޑެރޭޝަނުންނާއި ޔޫެއެފާ އިން ކަނޑައަޅާފފައިވާ  އުސޫލުތަކަށް ތަބާނުވާނަމަ ދެން ފެންނާނީ އަހަރެމެންގެ މުބާރާތުގައި ބައިވެރިނުވެވޭތަން. އެއީ އިޓަލީގެ ފުޓްބޯޅައިގެ އިތުރުން ބައިނަލްއަގްވާމީ ފުޓްބޯޅައަށްވެސް ލިބޭނެ ދެރައެއް.” އިޓަލީ އެފްއޭ ގެ ރައީސް ބުނެފައިވެ އެވެ.

ޔޫރަޕިއަން ސުޕަ ލީގު ބާއްވަން އުޅޭކަން އިއުލާންކުރިތާ ތިން ދުވަސްވެސް ފާއިތުނުވަނީސް މުބާރާތުގައި ބައިވެރިވި ނުވަ ކުލަބަކުން މުބާރާތުން ވަކިވިކަން އިއުލާންކޮށްފައިވާއިރު ޔުވެންޓަސް ހިމެނޭ ގޮތުން ބާކީ އޮތް ތިން ކްލަބުން ވަނީ އެމީހުން މުބާރާތުގައި ބައިވެރިވާން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ. .

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *