ސޯލްޝެއާ އެންމެ އުފާވީ އެނބުރި ދާއިރު ނޫ ޕާޓީއެއް ނޯންނާނެތީ

މެންޗެސްޓަ ސިޓީއަށް މި ސީޒަންގެ ޕްރިމިއަ ލީގު ތަށި ލިބުން ލަސްކުރެވެން އޮތް އެންމެ ބޮޑަކަށް ލަސްކުރަން މެންޗެސްޓަ ޔުނައިޓެޑުން މަސައްކަތްކުރާނެކަމަށް އެ ޓީމުގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ރޭ އިރާކޮޅު އެސްޓަން ވިލާއާ ދެކޮޅަށް ރަށުން ބޭރުގައި ޔުނައިޓެޑުން ކުޅުނ ު މެޗުން އެ ޓީމު ބަލިވި ނަމަ ސިޓީއަށް ރޭ ލީގު ކަށަވަރުވީހެވެ. އެކަމަކު ރޭގެ މެޗުގައި ޔުނައިޓެޑުން ވަނީ އެސްޓަން ވިލާއިން ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން މޮޅުވެ ސިޓީގެ އިންތިޒާރު ދިގު ދަންމައިފަ އެވެ.
“ހަމަ ހޔަގީނުންވެސް އަހަރެމެން މިރޭ އެނބުރި ޝަހަރަށް ދާއިރު ސިޓީގެ ޕާޓީއެއް ނޯންނާނެ.” މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސޯލްޝެއާ ބުންޏެވެ.
ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެން އެ ޓީމަށްވުރެ 10 ޕޮއިންޓް ފަހަތުގައި އޮތް ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ގަބޫލުކުރާ ގޮތުގައި 2013 ވަނަ އަހަރުގެ ފަހަން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ޔުނައިޓެޑަށް ލީގު ލިބޭނީ ފުޓްބޯޅައިގައި މަދުން ނޫނީ ނުފެންނާނެ ވަރުގެ ހައިރާންކަމެއް ލީގުގެ ބާކީ އޮތް ބައިގައި ފެނިގެންނެވެ.
ކަން އެހެން އޮތް ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ޔުނައިޓެޑުން މަސައްކަތްކުރާނެ ކަމަށާއި، ސިޓީ އަށް ލީގު ކަށަވަރުން ވީހާވެސް ލަހެއް ވުމަކީ ޓީމުގެ ކުޅުންތެރިންނަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
“އެންމެ ކުޑަ މިނުން މިރޭ މެޗަށްފަހު އެނބުރި ރަށަށް ދާއިރު ނޫ ޕާޓީއެއްގެ މެދަށް ވަންނަން ނުޖެހުމަކީ ވަރަށް ރަގަޅު ކަމެއް. އެއީ އެންމެ ރަގަޅު އެއް ކަންތައް. 2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ސޯލްޝެއާ ބުންޏެވެ.
ސިޓީއާ ވީހާވެސް ގާތުން ލީގުގެ ދެވަނައިގައި ނިންމަން ޔުނައިޓެޑުން އަމާޒު ހިފައިފައިވާ އިރު އެ ޓީމު ވަނީ މިފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުންވެސް ޖާގަ ހޯދައިފަ އެވެ. މި ހަފްތާގައި ލީގުގައި އަދި އިތުރު ދެ މެޗު ޔުނައިޓެޑަށް ކުޅެންޖެހޭ އިރު އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށް ރޭ އަނިޔާވުމާ ގުޅިގެން ސޯލްޝެއާ ވަނީ ކަންބޮޑުވުން ކުރިމަތިވެފަ އެވެ. ސޯލްޝެއާ ލިބުނު ގެއްލުމުގެ ސީރިއަސްކަން ހުރި މިންވަރު އެނގޭނީ މިއަދު ހަދަން ހަމަޖެހިފައިވާ ސްކޭންއަށް ފަހު އެވެ.
Advertisement


Leave a Reply