ބަޔާން މިޔުނިކުން ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފި
ޖަރުމަނު ލީގުގައި މިރޭ ދެވަނައިގައި އޮތް އާރުބީ ލައިޕްޒިގުން ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން ލައިޕްޒިގް ބަލިވުމުން ބަޔާން މިޔުނިކަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެ އެވެ. ރަށުން ބޭރުގައި ލައިޕްޒިގުން ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ބަލިވީ 2-3 އިންނެވެ.
ޖަރުމަނު ލީގުގައި މިރޭ ބޮރޫޝިއާ މޮންޗެންގްލަދްބާއާ މިޔުނިކް ވާދަކުރާ މެޗުގެ ކުރިން ބަޔާން އަށް ލީގު ކަށަވަރުވި އިރު މިރޭގެ މެޗް ހިމަނައިގެން ލީގުގައި ބާކީ އޮތީ ތިން މެޗެވެ.
ބަޔާން މިޔުނިކަށް މިރޭ ލީގު ކަށަވަރުވިއިރު އެ ޓިމު މި ސީޒަނުގައި މިހާތަނަށް ލީގުގައި ބަލިވީ އެންމެ ހަތަރު މެޗުންނެވެ. 22 މެޗު ބަޔާނުން ވަނީ ކާމިޔާބުކޮށްފަ އެވެ.
Advertisement
މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު
Leave a Reply