ބާސެލޯނާއަށް އެއްވަނަ އަކަށް ނޭރުނު، ހުރިހާ ފައިދާއެއް ރެއާލް މެޑްަރިޑަށް

ސްޕެނިޝް ލީގުގައި މިރޭ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި، ތިންވަނައިގައި އޮތް ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމުން އެއްވަނައަށް އަރަން ބާސެލޯނާ އަށް ލިބުނު ފުރުސަތު ގެއްލި ރެއާލް މެޑްރިޑަށް އެ ފުރުސަތު ފަހިވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ބާސެލޯނާ އިން އެތުލެޓިކޯ އާ ދެކޮޅަށް މިރޭ ކުޅުނު މެޗު ނިނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
މިރޭގެ ނަތީޖާ އާއެކު ޓޭބަލްގެ އެއްވަނައިގައި އެތުލެޓިކޯ އަށް ތިން ޕޮއިންޓްގެ ލީޑެއް ލިބުނު ނަމަވެސް މާދަމާ ރޭ ޓޭބަލްގެ ދެވަނައިގައި އޮތް ރެއާލް އާއި ހަތަރު ވަނައިގައި އޮތް ސެވިއްޔާ ވާދަކުރާ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ ރެއާލް އަށް ޓޭބަލްގެ އެއްވަނަ ލިބޭނެ އެވެ. އެތުލެޓިކޯ އާއި ރެއާލް އަށް އޭރުން ޕޮއިންޓް ލިބިފައި އޮންނާނީ އެއްވަރަކަށެވެ. އެކަމަކު ރެއާލް އެއްވަނައަށް އަރަނީ ސްޕެނިޝް ލީގުގައި ޕޮއިންޓް އެއްވަރުވުމުން ކުރި ލިބޭ ޓީމެއް ކަނޑައަޅަނީ ހެޑް ޓު ހެޑް ނަތީޖާ އަށް ބަލައިގެން ކަމަށް ވާތީ އެވެ.
ގެ ނަތީޖާ އާއެކު ބާސެލޯނާ އަށް ވަނީ 75 ޕޮއިންޓާއެކު ޓޭބަލްގެ ދެވަނަ ލިބިފަ އެވެ. އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި. ސެވިއްޔާ މާދަމާ ރޭ ބައްދަލުކުރާ މެޗުން ސެވިއްޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް އެއްވަނައިގައި މިވަގުތު އޮތް އެތުލެޓިކޯ އާ ހަތަރު ޕޮއިންޓަށް ގާތްކުރެވޭނެ އެވެ. މާދަމާ ރޭގެ މެޗު ނިމުމުން އެންމެ ކުރީގައި އުޅޭ ހަތަރު ޓީމަށް ލީގުގައި ބާކީ ދެން އެންނާނީ އެންމެ ތިން މެޗެވެ.
Advertisement


Leave a Reply