އަށް ދުވަސްތެރޭ ހަތަރު މެޗު ކުޅެން ޔުނައިޓެޑަށް ޖެހިއްޖެ

Advertisement

އަށް ދުވަސްތެރޭ ހަތަރު މެޗު ކުޅެން ޔުނައިޓެޑަށް ޖެހިއްޖެ

ޢަބްދުﷲ އަޝްރަފް

މެންޗެސްޓަ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އޯލްޑް ޓްރެފޯޑަށް ގަދަކަމުން ވަދެގަނެ އިހުތިޖާޖުކުރުމުގެ ސަބަބުން ފަސްކުރަންޖެހުނު ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރާ މެޗު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭގޮތަށް ހަމަޖެއްސުމާއެކު އެ ކުލަބަށް އަށް ދުވަސްތެރޭ ހަތަރު މެޗު ކުޅެންޖެހިއްޖެ އެވެ.

ލީގުގައި ޔުނައިޓެޑާއި ލިވަޕޫލް ވާދަކުރަން ހަމަޖެހިފައި އޮތް މެޗު އަންނަ ބުރާސްފަތި ދުވަހަށް ފަސްކުރުމާ ގުޅިގެން އަންނަ ހަފްތާގެ ބުދަ ދުވަހު ލެސްޓަ ސިޓީ އާ ދެކޮޅަށް ޔުނައިޓެޑުން ލީގުގައި ކުޅެންޖެހޭ މެޗު ވަނީ އެއް ދުވަސް ކުރިއަށް ޖައްސައިފަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ލެސްޓަ ސިޓީ އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ދެވަނައިގައި އޮތް ޔުނައިޓެޑަށް ކުރިމަތިވި ބިޒީ ޝެޑިއުލް ފެށޭނީ މާދަމާރޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރޯމާ އާ ދެކޮޅަށް އިޓަލީގައި ކުޅެން ހަމަޖެހިފައިވާ މެޗުންނެވެ. އޭގެ ފަހުން އެ ޓީމު ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެވެ. އެ ދުވަހު ކުޅޭ ލީގު މެޗުގައި ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ އެސްޓަން ވިލާ އާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *