ދަނޑަށް ވަދެގަތީ ބޯހަމަޖެހޭ ބައެއް ނޫން: ޝްމައިކަލް
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް މެންޗެސްޓަ ޔުނައިޓެޑް ކުޅެން ހަމަޖެހިފައި އޮތް މެޗުގެ ކުރިން އޯލްޑް ޓްރެފޯޑަށް ގަދަ ކަމުން ވަދެ ޔުނައިޓެޑްގެ ވެރިންނާ ދެކޮޅަށް މުޒާހަރާކުރި ސަޕޯޓަރުންނަކީ ބޯ ހަމަޖަހޭ ބައެއް ނޫންކަމަށާއި، މުޒާހަރާކުރުމުގެ ބަދަލުގައި ބަދަލުގެނައުމަށްޓަކައި ވެރިންނާއެކު މަސައްކަތްކުރުން މުހިއްމުކަމަށް ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ޕިޓަ ޝުމައިކަލް ބުނެފި އެވެ.
ޔުނައިޓެޑް ގަނެފައިވާ ގްލޭޒާސްގެ އާއިލާއާ ދެކޮޅު ހެދުމުގެ ގޮތުން ޔުނައިޓެޑްގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އާދީއްތަ ދުވަހު އޯލްޑް ޓްރެފޯޑަށް ވަދެ އަދި ދަނޑަށްވެސް އެރުމުގެ ސަބަބުން އެ ދުވަހު ކުޅެން ހަމަޖެހިފައި އޮތް މެޗުވެސް ވަނީ ފަސްކޮށްފަ އެވެ.
މެންޗެސްޓަ ޔުނައިޓެޑަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގެ ފަހަތުގައި ކުރިން ހުރި ލެޖެންޑަރީ ގޯލްކީޕަރު ޝުމައިކަލް ވެސް ގަބޫލުކުރާ ގޮތުގައި އަލަށް ބާއްވަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގު ގައި ޔުނައިޓެޑުން ބައިވެރިވުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި އުފެދިގެން އުޅޭ ކަންބޮޑުވުމަކީ ރަގަޅު ކަންބޮޑުވުންތަކެއް ކަމަށާއި، އެހެން ނަމަވެސް ޔުނައިޓެޑް ފަދަ ޓީމެއް ގަނެވޭ ވަރުގެ ފެންވސަރު ހުރި މާ ގިނަ ބަސޔަކު ނެތް ކަމަށޑެވެ.
ކުލަބްގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ފަސް ޕްރިމިއާ ލީގައި އެއް ޗެމްޕިއަންސް ލީގު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޑެންމާކްގެ ޝުމައިކަލް ސީބީއެސް ސްޕޯޓސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި ޔުނައިޓެޑަކީ ގާތްގަނޑަކަށް ދެތިން ހަތަރު ބިލިއަން ޑޮލަރުގެ އަގުހުރި ކްލަބެއް ކަމަށާއި، ކްލަބް ގަންނަން އެހާ ފައިސާ ހުރި ބަޔަކު ނެތްކަމަށެވެ.
“މި ކްލަބް އެހެން ބަޔަކު ގަތަސް ވަކި ތަފާތެއް އަންނާނެހެން ހީވޭތަ؟ އަހަރެން ބުނާނީ މާ ރަގަޅުވާނެއޭ ގްލޭޒާގެ އާއިލާ އާ ވާހަކަ ދައްކައިގެން މި ކްލަބް އަސްލު އޮންނަނމްވީ ހިސާބަށް ގެންނަން މަސައްކަތްކުރުން. ސަބަބެއްގެ ގޮތުގައި އަހަރެންނަށް ފާހަގަކުރެވެނީ އެމީހުންވެސް އަސްލު ބޭނުންވޭ ކްލަބް ކުރިއަރުވަން. އަސްލު އެންމެންނަށްވެސް ފެންނަނީ ގްލޭޒާ ގެ އާއިލާއިން ތަންކޮޅެއް ޓީމާ ދުރުގަ އުޅޭތަން. ކޮންމެ ހަފްތާއަކު ދަނޑުން ނުފެނުނު ނަމަވެސް އެމީހުން އަބަދުވެސް ތިބެނީ ޓީމާއެކު.” އުމުރުން 57 އަހަރުގެ ޝުމައިކަލް ބުންޏެވެ.
“އެއްވެސް މީހަކަށް ނުފެނޭ ޖޮއެލް ގްލޭޒާ ކެމެރާގެ ކުރިމައްޗަށް އަރައި ކްލަބާ ގުޅޭގޮތުން ވާހަކަދައްކާ ތަނެއް. އެއީ އަސްލު ސަޕޯޓަރުން ހިތްހަމަނުޖެޖޭ ސަބަބަކީ.” ޔުނައިޓެޑްގައި އަށް އަހަރު ހޭދަކުރި ޝުމައިކަލް ބުންޏެވެ.
“އަހަރެން ގަބޫލެއް ނުކުރަން ދަނޑަށް ވަދެގަތީ ޔުނައިޓެޑްގެ ހަފީގީ ސަޕޯޓަރުން ކަމަކަށް. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަންކުރީ ބޯހަމަނުޖެޖޭ ބައެއް. ހަމަނުޖެހުން އުފައްދަން އުޅޭ ބައެއް. އެއިން އެއްވެސް މީހަކު ހަދާނެއް ނުހުންނާނެ ކްލަބަށް ހޯދުނު ކާމިޔާބެއް. ބައެއް މީހުން އުފަންވެސް ނުވާނެ މި ކްލަބް ގްލޭޒާގެ އާއިލާއިމން ގަތްއިރު.” ދަނޑަށް ވަތް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ޝުމައިކަލް ބުންޏެވެ.
“ހަގީގީ ސަޕޯޓަރުން ކަންބޮޑުވުންތައް ފާޅުކުރާނެ. އެކަމަކު އެމީހުން އެކަން ކުރާނީ އެކަންކުރަން އޮންނަ ރަގަޅު ގޮތަށް. ހާސިލް ނުވާނެ ކަންކަން ކުރަން އެމީހުން ޑިމާންޑެއް ނުކުރާނެ. އަހަރެމެން ހިތްހަމަނުޖެހޭ ކަމަކާ މެދު އެންމެން އެކީގައި އެކައްޗެއް ކިޔައިގެން ބަސް އިއްވައިފި ނަމަ ބަދަލު އަންނާނެކަން މިދިޔަ ދެ ހަފްތާގެ ތެރޭގައި ހިނގައިދިޔަ ކަންކަމުންވެސް ހާމަވެއްޖެ.” ޑެންމާކަށް އުފަން ޝުމައިކަލް އިތުރަށް ބުނެފައިވެ އެވެ.
Advertisement
Leave a Reply