ފަސޭހަ ކަމާއެކު މަޑުއްވަރީ ބަލިކޮށް މުލަކުން ފެށުން ރަނގަޅު ކޮށްފި

Advertisement

ފަސޭހަ ކަމާއެކު މަޑުއްވަރީ ބަލިކޮށް މުލަކުން ފެށުން ރަނގަޅު ކޮށްފި

ޢަލީ ޝަހީމް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިއްޔެ ހަވީރު މުލަކު ޓީމުން ފަސޭހަ ކަމާއެކު މަޑުއްވަރީ ބަލިކޮށްފިއެވެ. މުލީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު މުލަކުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި މުލަކު ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ހުސައިން އާތިފް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުލަކުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 28 ވަނަ މިނެޓުގައި އަހްމައު މިފްޒާލް އެވެ. މުލަކުން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ އާދަމް ޝަހީމް އެވެ. އޭނާ މިދިޔަ އަހަރުގެ މުބާރާތުގެ ޒޯން ބުރުން ފެށިގެން ފެނުނީ ދ. ކުޑަހުވަދޫ ޓީމުންނެވެ. އަދި މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ކުޑަހުވަދޫ ވާދަކުރި އިރު އެޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީވެސް މުލަކަން އުފަން އާދަމް ޝަހީމް އެވެ.

Advertisement

މ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށް ދަނީ މުލީގައެވެ. ފުރަތަމަ މެޗުގައި މުލި ވަނީ ވޭވަށުގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މ އަތޮޅުގެ މެޗެއް ދެން ކުޅެވޭނީ މާދާމާއެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ މުލީ ޓީމާއި މިދިޔަ ދެއަހަރުވެސް އަތޮޅު މުބާރާތް ކާމިޔާބު ކުރި މުލަކު ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *