ތުޅާދޫ އެވެންޗާސް އަތުން ބިސްބުރު ސްޕޯޓްސް މޮޅުވެއްޖެ

ތިންވަނަ ޑިވިޝަނުގައި ރޭ ބިސްބުރު ސްޕޯޓްސް އާއި ތުޅާދޫ އެވެންޗާސް ސްޕޯޓްސް ވާދަކުރި މެޗު 2-1 އިން ބިސްބުރު ސްޕޯޓްސް ކާމިޔާބު ކޮށްފި އެވެ.
ގުރޫޕް 1 ގެ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ވެސް ބިސްބުރު ސްޕޯޓްސް އެވެ. ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިންމާލި ނަމަވެސް ބިސްބުރު ސްޕޯޓްސް އިން ލީޑު ނެގީ 58 ވަނަ މިނިޓުގައި އެޓީމުގެ މިޑްފީލްޑަރ އަހުމަދު ރިއުމާން މުހައްމަދު ޖަހައިދިން ގޯލުންނެވެ.
އެއަށް ފަހު ތުޅާދޫ އެވެންޗާސް އިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޢަބްދުﷲ ފާރިސް 74 ވަނަ މިނިޓުގައި ޖަހައިދިން ގޯލުންނެވެ. އޭގެ ފަސް މިނިޓު ފަހުން ބިސްބުރަށް އަނެއްކާވެސް ލީޑު ނަގައިދިނީ އަބްދުއްރަހީމް އަބޫބަކުރެވެ. އަބްދުއްރަހީމަކީ ވެސް ދެވަނަ ހާފުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
3rd Division: Biss Buru Sports didn't took long to gain back their lead after Thulhaadhoo AS equalized with 16 minutes to full-time. pic.twitter.com/itvVdqcSsA
— Fahuminet (@fahuminet) April 22, 2021
މިދިޔަ އާދީއްތަ ދުވަހުގެ ރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ދެން މި ގުރޫޕުގައި ހިމެނޭ ޓެންޓް ސްޕޯޓްސް ކުލަބާއި ސީބީއެލް ސްޕޯޓްސް އެވެ. އެ މެޗު ފަސޭހަ ކަމާއެކު 4-1 އިން ކާމިޔާބުކުރީ ޓެންޓް ސްޕޯޓްސް އެވެ.
މިއަހަރުގެ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި 14 ޓީމު ވާދަކުރާއިރު ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލެވިފަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގުރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނައަށްދާ ޓީމުތަކެވެ.
މިމުބާރާތުގައި މިރޭ ކުޅެވޭނީ ގުރޫޕް 2 ގެ މެޗެކެވެ. ބައްދަލުކުރާނީ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބެވެ.
Advertisement


Leave a Reply