ހޮސްކޯވޯ ބަލިކޮށް އެލްޓީ ސްޕޯޓްސް ފެށުން ރަނގަޅު ކޮށްފި

ހޮސްކޯވޯ ބަލިކޮށް އެލްޓީ ސްޕޯޓްސް ފެށުން ރަނގަޅު ކޮށްފި

ޒަޔާން ޒާހިރު
ހޮސްކޯވޯގެ ކެޕްޓަން މުހައްމަދު ނިއުޝާދު (ވ)، އެލްޓީގެ ލިޔާހު (ކ) އަތުން ބޯޅަ ހޯދަނީ. - ފޮޓޯ: އެފްއޭއެމް

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގުރޫޕް 3 ގައި ހިމެނޭ ސްޕޯޓްސް ކުލަބް ހޮސްކޯވޯ އާއި ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބް ބައްދަލުކުރި ވާދަވެރި މެޗް އެލްޓީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ. އެލްޓީ ސްޕޯޓްސް ކުލަބް މިމެޗް ކާމިޔާބު ކުރީ 1-0 އިންނެވެ.

މާފަންނު އެއް ނަންބަރު ޓާފް ދަނޑުގައި ރޭ ކުޅެވުނު މިމެޗުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 53 ވަނަ މިނިޓުގައެވެ. މި ލަނޑަކީ އެލްޓީ ސްޕޯޓްސް ކުލަބަށް ކުޅޭ ފުޓްސަލް ތަރި މުހައްމަދު ލިޔާހު ފޮނުވާލި ބޯޅައެއް، ހޮސްކޯވޯގެ ޑިފެންޑަރ އަހުމަދު ޝަމީމް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީގެ އިރުޝާދުގެ ދަށުން ވާދަކުރާ އެލްޓީ ސްޕޯޓްސް ކުލަބު ހިމެނޭ މި ގުރޫޕުގައި ހޮސްކޯވޯގެ އިތުރުން ދެން ހިމެނެނީ ބުރު ސްޕޯޓްސް ކުލަބެވެ. ފުރަތަމަ މިމުބާރާތުގެ ގުރު ނެގިއިރު ލައިނޭޖް ސްޕޯޓްސް ކުލަބާއެކު ޖުމްލަ 4 ޓީމު މިގުރޫޕުގައި ހިމެނުނު ނަމަވެސް ކޮވިޑް-19 އާގުޅިގެން މުބާރާތް ފަށާ ތާރީހު ލަސްވުމުން އެޓީމު ވަނީ މުބާރާތުން ވަކިވެފަ އެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 4 ގައި ހިމެނޭ ކުލަބް ޓީނޭޖާއި ކްލަބް އޮންލީ ވަން އޮޕޮޗޫނިޓީ (ކްލަބް 010) އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.