ދުނިޔޭގެ ގަދަ 10 ގައި ދީމާ ހިމެނިއްޖެ

Advertisement

ދުނިޔޭގެ ގަދަ 10 ގައި ދީމާ ހިމެނިއްޖެ

ޢަބްދުﷲ އަޝްރަފް

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ފަރާތުން އެންމެ ފަހުން އިއުލާންކުރި އުމުރުން 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ދުނިޔޭގެ ރޭންކިންގ ގެ ގަދަ 10 ގައި ރާއްޖޭގެ އެންމެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ހިމެނިއްޖެ އެވެ.

މިދިޔަ ހަފްތާގައި ދުނިޔޭގެ ޓީޓީގެ މައި އިދާރާއިން އާންމުކުރި ޓީޓީ ރޭންކިންގ ގެ ޖޫނިއާ ބައިގައި ދީމާ ރޭންކްކޮށްފައިވަނީ އަށް ވަނައިގަ އެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ދުނިޔޭގެ ރޭންކިންގ ގެ ގަދަ 10 ގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއީ އަނެއްކާވެސް ރާއްޖޭގެ ޓީޓީ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި، އެކަމަށްޓަކައި ދީމާގެ އާއިލާ އަށާއި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފަށް ޓީޓީ އެސޯސިއޭޝަނުން ވަނީ މި ޓްވީޓްގައި ޝުކުރު އަދާކޮށްފަ އެވެ.

Advertisement

ދުނިޔޭގެ ޓީޓީ ޖޫނިއާ އަންހެން ރޭންކިންގ ގެ އަށްވަނައިގައި ދީމާ ހިމެނުނު އިރު މި ބައިގައި ދެން ހިމެނުނު ދެކުނު އޭޝިޔާ ސަރަހައްދުގެ ހަމައެކަނި ކުޅުންތެރިއަކީ އިންޑިއާގެ ސުހާނާ ސައިނީ އެވެ. ދީމާއަށް ވުރެ ރޭންކިންގ ގައި ސުހާނާ ކުރީގައި އޮތް ނަމަވެސް ދީމާއަށްވުރެ އިތުރަށް އޭނާއަށް ލިބިފައިވަނީ އެންމެ ހަތަރު ޕޮއިންޓެވެ. ރޭންކިންގ ގެ އެއްވަނައިގައި އޮތީ ޖަޕާންގެ ކުޅުންތެރިއެކެވެ.

އުމުރުން 13 އަހަރުގެ ދީމާ އެންމެ ބޮޑަށް ވިދާލީ 2019 ވަނަ އަހަރު މޮރިޝަސް ގައި އޮތް އިންޑިއަން އައިލެންޑް ގޭމްސް ގަ އެވެ. އެ މުބާރާތުން ދީމާ ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިން އިރު އޭނާ ވަނީ ދެކުނު އޭޝިއާ ހޯޕްސް މުބާރާތުން އެއްވަނަ ހޯދުމުގެ އިތުރުން އޭޝޥިއާ ހޯޕްސް މުބާރާތުގެ ދެވަނަ ހޯދައިގެން ވޯލްޑް ހޯޕްސް މުބާރާތަށް ވެސް ކޮލިފައިވެފަ އެވެ. އަދި، މީގެ އިތުރުން ދީމާ ވަނީ ގައުމީ ޓީޓީ ޗެމްޕިއަންކަން ޖެހިޖެހިގެން ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *