ފެލްޓް ގެ ބްރޭންޑް އެމްބެސެޑަރަކަށް ޔާމްބެ

Advertisement

ފެލްޓް ގެ ބްރޭންޑް އެމްބެސެޑަރަކަށް ޔާމްބެ

ފަހުމިނެޓް
ފެލްޓް ގެ ބްރޭންޑް އެމްބެސެޑަރ ޔާމްބެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޓްނެސް ހެލްތު އެންޑް ރިކަވަރީ ޕްރޮޑަކްޓްސް މާކެޓަށް ނެރެ އޭގެ ވިޔަފާތި ކުރަމުން އަންނަ “ފެލްޓް” ގެ ބްރޭންޑް އެމްބެސެޑަރަކަށް މިއަހަރުގެ މިސްޓަރ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާމްބެ) ހަމަޖައްސައިފި އެވެ.

އުނިމާ ގްރޭންޑުގައި ހޯމަ ދުވަހުގެ މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްބެސެޑަރ އެގްރީމެންޓުގައި ސޮއިކުރިއިރު ފެލްޓްގެ ފަރާތުން ސޮއިކުރެއްވީ ކޯފައުންޑަރ އަބްދުއްރަހްމާން ހައިސަމް އެވެ.

ޔާމްބެ (މ)، ފެލްޓްގެ ކޯފައުންޑަރުން ހައިސަމް (ކ) އަދި އިރުފާން (ވ) އާއެކު

‘ފަހުމިނެޓް’ އާ ވާހަކަ ދައްކަމުން ފެލްޓްގެ ކޯފައުންޑަރ އަހުމަދު އިރުފާން ވިދާޅުވީ، ފެލްޓްގެ ފުރަތަމަ ބްރޭންޑް އެމްބެސެޑަރަކަށް ޔާމްބެ ހަމަޖެއްސީ، ޔާމްބެ އަކީ ބޮޑީބިލްޑިންގެ ދާއިރާގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ފުންނާބުއުސް އެއް އެތުލީޓަށް ވުމުން ކަމަށެވެ.

ޔާމްބެ ވަނީ މިއަހަރުގެ މިސްޓަރ މޯލްޑިސް ކާމިޔާބުކުރުމުގެ އިތުރުން 2017 ވަނަ އަހަރުގެ ވެސް މި މަގާމް ހާސިލް ކޮށްފަ އެވެ.

މިއަހަރުގެ ޖަނަވަރީ 31 ގައި ލޯންޗް ކުރި ފެލްޓް އިން އަދި މިހާތަނަށް މާކެޓަށް ނެރެފައި ވަނީ މަސާޖް ގަން އެވެ. މަސާޖް ގަން އަކީ އަމިއްލައަށް ބޭނުންކޮށްލަން ފަސޭހަ، މަސަލް ރިކަވަރީއަށް ވަރަށް ބޭނުންތެރި ވަސީލަތެކެވެ. އެތުލީޓުންގެ އިތުރުން ވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް މަސާޖް ގަން ބޭނުންކޮށްލެވޭނެއެވެ.

މަސާޖް ގަންގެ ބޭނުން ހިފުމުން، ގިނަވަގުތު މަސައްކަތާއި، ކަސްރަތު އަދި ކުޅިވަރުގައި ހޭދަކުރުމުން ދިމާވާ ގައިގެ މަސްތަކަށް ތަދުވުމާއި މަސްގުޅަކެއުން ފަދަ މައްސަލަތަކުން ދުރުކޮށްދޭނެއެވެ.

ކުރިޔަށް އޮތްތަނުގައި މިފަދަ އިތުރު ޕްރޮޑަކްޓްސް ވަރަށް އަވަހަށް މާކެޓަށް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް ފެލްޓް އިން މައުލޫމާތު ދެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *