10 ކުޅުންތެރިންނާއެކު ސިޓީ ބަލިކޮށް ލީޑްސް އިން ޔުނައިޓެޑް ދަހިކޮށްފި

Advertisement

10 ކުޅުންތެރިންނާއެކު ސިޓީ ބަލިކޮށް ލީޑްސް އިން ޔުނައިޓެޑް ދަހިކޮށްފި

ޢަބްދުﷲ އަޝްރަފް

ފަހު ހާފު އެއްކޮށް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެ ލީޑްސް ޔުނައިޓެޑުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް މެންޗެއސްޓާ ސިޓީ ބަލިކޮށްފި އެވެ. ލީގުގައި މިއަދު ހަވީރު ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ޓޭބަލްގެ ނުވަ ވަނައިގައި އޮތް ލީޑްސް މޮޅުވީ 1-2 އިންނެވެ.

މިއަދުގެ މެޗުން ސިޓީ ބަލިވި އިރު އެ ޓީމަށް ލީގު ކަށަވަރުކުރަން ބޭނުންވަނީ އެންމެ 11 ޕޮއިންޓެވެ. އެ ޓީމަށް ލީގުގައި އަދި ބާކީ ހަ މެޗު އެބަ އޮތެވެ. މިއަދުގެ ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެއްބަޔަކީ ސިޓީއަށްވުރެ 14 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑެވެ. ސިޓީއަށްވުރެ ދެ މެޗު މަދުން ޔުނައިޓެޑް ކުޅެފައިވާއިރު ޔުނައިޓެޑުން ލީގުގައި ޓޮޓެންހަމްގެ އިތުރުން ބާންލީ އާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ސިޓީ އާއި ޔުނައިޓެޑާއި ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ،

Advertisement

ސިޓީއާ ދެކޮޅަށް ލީޑްސް އިން މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ލީޑްސް އިންނެވެ. އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ސްޓުއާޓް ޑަލާސް އެވެ. ލީޑްސް އަށް މެޗުގެ މުޅި ފަހު ހާފް އެއްކޮށް ދިހަ ކުޅުންތެރިންނާއެކު ކުޅެންޖެހުނީ އޭގެ ތިން މިނެޓް ފަހުން ސިޓީގެ ގަބްރިއެލް ޖެސުސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އެ ޓީމުގެ ކެޕްޓަން ލިއަމް ކޫޕާ އަށް ރަތްކާޑު ދެއްކުމުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސްޕެއިންގެ ފޯވާޑް ފަނާން ޓޯރޭސް އެވެ. ލީޑްސް އިން މެޗުގެ ނަތީޖާ އެ މީހުން ކޮޅަށް އަނބުރާލީ މެޗުގެ އިތުރު ވަގުތުގައި، ލީޑްސް އަށް ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ޑަލަސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *