އެފްއޭއެމްގެ ދީލަތި އެހީ އިން ސާއިދު އަށް ލިބުނީ އުއްމީދާއި ހިތްވަރު

Advertisement

އެފްއޭއެމްގެ ދީލަތި އެހީ އިން ސާއިދު އަށް ލިބުނީ އުއްމީދާއި ހިތްވަރު

ޢަލީ ޝަހީމް
އިއްޔެގެ މެޗުގެ ކުރިން ސާއިދު އަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީ ބައްސާމް ހަވާލުކުރައްވަނީ. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދެ ކިޑްނީ ފެއިލްވެ ފަރުވާއަށް މަސައްކަތްކުރަމުން އަންނަ ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދަށް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން މުޅި ފުޓްބޯޅަ އާއިލާ ޝާމިލްވާގޮތަށް ދިން ތިން ލައްކަ ރުފިޔާގެ އެހީއާ އެކު އުއްމީދާއި ހިތްވަރު ލިބިއްޖެ ކަމަށް ސާއިދު ބުނެފި އެވެ.

އެފްއޭއެމްގެ ފައުންޑޭޝަންގެ ފަރާތުން ސާއިދުއަށް ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ކުރިންނެވެ. ސާއިދުއަށް ފައިސާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އެފްއޭއެމްގެ އިސް ފަރާތްތަކާއި ފުޓްބޯޅަ ކޯޗުންނާއި ބައެއް ކުޅުންތެރިން މި ހަރަކާތުގައި ބައިވެރިވި އެވެ.

“ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި. 12 އަހަރު މެދުކެނޑުމެއް ނެތި ކުރި ހިދުމަތް މިއަދު އިހްސާސްވެއްޖެ. އުފާވެރި ހަޔާތެއްގެ ދަންމަރު ދިއްލޭނެ. އިންޝާ ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެނބުރި އަންނަން ހިއްވަރު ކުރާނަން” ސާއިދު އާއްމުކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދެ ކިޑްނީ ފެއިލްވިކަން އެނގުމުން ސާއިދު އަންނަނީ ގަވާއިދުން ޑައިލިސިސް ހަދަމުންނެވެ. އެފްއޭއެމުން ވެދިން އެހީގެ ބޭނުމަކީ ކިޑްނީ ޓްރާސްޕްލާންޓެއް ހެދުމަށް ސާއިދުއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ.

“އޭނާއަކީ މޮޅު ފުޓްބޯޅަ ކޮމެންޓޭޓަރެއް. ދިރިއުޅުމުގެ މުހިންމު ގިނަ ވަގުތުތައް ހުސްކޮށްފައިވަނީ ވެސް ފުޓްބޯޅައަށް. ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ. އޭނާ މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓްކޮށްދިނުމަށް ބޭނުންވާ ދީލަތި އެހީއަކަށް” ސާއިދުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު އެފްއޭއެމުން އާއްމުކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެފްއޭއެމުން އިތުރަށް ބުނީ ސާއިދު އަކީ ފުޓްބޯޅަ އާއިލާގެ މުހިއްމު މެމްބަރެއް ކަމަށާއި، އޭނާއަކީ ޒިންމާދާރު ބައްޕައެއްގެ އިތުރުން ގައުމަށް އިހްލާސްތެރި ހިދުމަތްތެރިއެއް ކަމަށެވެ.

“ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ ސާއިދު އަހުމަދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެމްބަރެއް. އޭނާ އަކީ  ޒިންމާދާރު ބައްޕައެއް. އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް. ހިތްވަރުގަދަ ނަމޫނާ ޒުވާނެއް. އޭނާގެ އެންމެ ބޮޑު އެއް އުފަލަކީ ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުން” ފުޓްބޯޅަ ކޮމެންޓަރީ ދިނުމާއި ޓީވީން ހަބަރު ގެނެސްދިނުމުގައި ކުޅަދާނަ ނޫސްވެރިޔާއާ ގުޅޭގޮތުން އެފްއޭއެމުން ބުނެފައިވެ އެވެ.

ސަން އެފްއެމް އިން ޖާނަލިޒަމް ފަށައި ފަހުން ސާއިދު ބަދަލުވީ ޕީއެސްއެމް އަށެވެ. ދެ ކިޑްނީ ފެއިލްވުމުން ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށްފަހު ސާއިދު އޭގެފަހުން ވެސް އަންނަނީ ކުޅިވަރު ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެތައް ގޮންޖެހުންތަކަކާއެކު ސާއިދު ދައްކަމުން އަންނަ ނަމޫނާ ބަލައިގަނެ ގިނަ ބަޔަކު އަންނަނީ ހިތްވަރުދެމުންނެވެ.

“ފަހުމިނެޓް” ން އެދެނީ ސާއިދުގެ ފަރުވާއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *