ތާރީހީ މެޗުގައި ގޯލް ޖެހުނަސް މެސީ އަށް އުފަލެއް ނުލިބުނު

Advertisement

ތާރީހީ މެޗުގައި ގޯލް ޖެހުނަސް މެސީ އަށް އުފަލެއް ނުލިބުނު

ޢަބްދުﷲ އަޝްރަފް

ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް މިރޭ ލިބުނު އިރު މިރޭ ކުޅުނު މެޗު މޮޅަކާ ނުލައި ނިންމާލަން ޖެހިއްޖެ އެވެ. ޓޭބަލްގެ 14 ވަނައިގައި އޮތް ކާޑިޒް އާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިރޭ ބާސެލޯނާ އިން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗަކީ މެސީ ބާސެލޯނާގެ ޖޯޒީގައި ކުޅުނު 506 ވަނަ ލީގު މެޗެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބާސެލޯނާ އިންނެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ މެސީ އެވެ. އެކަމަކު ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗު ވެސް ކާމިޔާބުކޮށްފައިވާ ބާސެލޯނާ އަށް މިރޭގެ މެޗުން ތިން ޕޮއިންޓް ނުލިބުނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާޑިޒް އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ފެނާންޑެޒް އިގްލީސިއަސް ގޯލު ޖެހުމުންނެވެ. މި ދެޓީމު މިދިޔަ ޑިސެމްބަރު މަހު ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ކާޑިޒް އިންނެވެ.

Advertisement

މިރޭގެ މެޗުގައި ބާސެލޯނާ އިން 81 އިން ސައްތައިގައި ބޯލް ޕޮސެޝަން ހިފެހެއްޓި އިރު އެ ޓީމުން ވަނީ މުޅި މެޗުގައި 21 ހަމަލާ އުފައްދާފައެވެ. އަނެއްކޮޅުން ކާޑިޒް އިން ވައްދާލި ލަނޑަކީ އެ ޓީމަށް މުޅި މެޗުގައި ވެސް ލަނޑު ޖަހަން ލިބުނު ހަމައެކަނި ފުރުސަތެވެ.

މިރޭގެ ނަތީޖާ އާއެކު ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރަން ބާސެލޯނާ އަށް ލިބުނު ފުރުސަތު ވަނީ ގެއްލި ފައެވެ. މިއާއެކު ބާސެލޯނާ މިވަގުތު އޮތީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *