ޖޮކޮވިޗް ނުވަ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

ޖޮކޮވިޗް ނުވަ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

ޢަބްދުﷲ އަޝްރަފް

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކޮވިޗް ނުވަ ވަނަ ފަހަރަށް ހޯދައިފި އެވެ. ސާބިޔާ އަށް އުފަން އުމުރުން 33 އަހަރުގެ ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ މިއަދު މެންދުރު ފަހު އޮސްޓްރޭލިއާގެ މެލްބަން ޕާކްގައި ކުޅުނު ފައިނަލް މެޗުގައި ރަޝިޔާގެ ޑެނިލް މެޑްވެޑޭވް ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހު އެވެ.

އުމުރުން 25 އަހަރުގެ މެޑްވެޑޭވް އާ ވާދަކޮށް 5-7، 2-6 އަދި 2-6 އިން ފިރިހެން ސިންގަލްސް ފައިނަލް މެޗު ޖޮކޮވިޗް ކާމިޔާބުކުރުމާއެކު އޭނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތްތަކުގެ އަދަދު 18 އަށް އެރީ އެވެ. އެއާއިއެކު އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން ރެކޯޑް ހަދައިފައިވާ ސްވިޒަލެންޑްގެ ރޮޖަރ ފެޑެރާ އާއި ސްޕެއިންގެ ރަފައެލް ނަޑާލް ގެ ރެކޯޑާ އަރާ ހަމަކުރަން ޖޮކޮވިޗަށް ދެން ބޭނުންވަނީ އެންމެ ދެ މުބާރާތް ކާމިޔާބު ކުރުމެވެ.

މުބާރާރާތުގެ ފައިނަލްގައި ޖޮކޮވިޗާ ވާދަކުރި މެޑްވެޑޭވް ގްރޭންޑް ސްލޭމް ފައިނަލެއް ގައި ވާދަކުރި މިއީ ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލްގައި ރަފައެލް ނަޑާލް އާ ވާދަކޮށް ކުޅުނު ފުރަތަމަ ފައިނަލުން ވެސް މެޑްވެޑޭވް ވަނީ ބަލިވެފަ އެވެ.

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.