ޖަޕާންގެ އޮސާކާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

ޖަޕާންގެ އޮސާކާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްފި

ޢަބްދުﷲ އަޝްރަފް

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖަޕާންގެ ނައޯމީ އޮސާކާ ހޯދައިފި އެވެ. އުމުރުން 23 އަހަރުގެ އޮސާކާ މުބާރާތް ކާމިޔާބުކުރީ މިއަދު މެންދުރު ފަހު އޮސްޓްރޭލިއާގެ މެލްބަން ގައި ކުރިއަށްދިޔަ ފައިނަލްގައި އެމެރިކާގެ ޖެނިފާ ބްރެޑީ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހު އެވެ.

މުބާރާތުގެ ފައިނަލްގައި އޮސާކާ އާ ވާދަކުރި އުމުރުން 25 އަހަރުގެ ޖެނިފާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްގައި ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. މިއަދު ކުޅުނު ފައިނަލްގައި ޖެނިފާގެ މައްޗަށް އޮސާކާ ކުރި ހޯދީ 4-6 އަދި 3-6 އިންނެވެ. މިއީ އޮސާކާ ކާމިޔާބުކުރި ހަތަރު ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

އޮސާކާ އެންމެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލީ 2018 ވަނަ އަހަރު އެވެ. އެ އަހަރު އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތަށި އުފުލާލުމަށް ފަހު ޖެހިގެން އައި އަހަރު އޮތް އޮސްޓްރޭލިއަން އޯޕަން އޭނާ ކާމިޔާބު ކުރި އެވެ. މި މުބާރާތުގެ ކުރިން އޭނާ ކާމިޔާބުކުރި ގްރޭންޑް ސްލޭމް މުބާރާތަކީ މިދިޔަ އަހަރު އޮތް ޔޫއެސް އޯޕަން އެވެ.

 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published.