ނަތީޖާ އައި ގޮތުން ޖެރާޑްގެ ހިތުގެ ހިނގުން އަވަސްވެއްޖެ

Advertisement

ނަތީޖާ އައި ގޮތުން ޖެރާޑްގެ ހިތުގެ ހިނގުން އަވަސްވެއްޖެ

ޢަބްދުﷲ އަޝްރަފް

ޔޫރޮޕާ ލީގުގައި ބެލްޖިއަމްގެ ރޯޔަލް އޭންޓްވާޕް އާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ސްކެޓްލެންޑްގެ ރޭންޖާސް މޮޅުވި ގޮތް ފެނިފައި ހިތުގެ ހިނގުން އަވަސްވި ކަމަށާއި އިންތިޒާރުކުރަމުން އަންނަނީ ހިތުގެ ހިނގުން ދަށަށް ދާނެ ވަގުތަކަށް ކަމަށް ރޭންޖާސްގެ ކޯޗު ސްޓީވަން ޖެރާޑް ބުނެފި އެވެ.

“އަހަރެން މިހުރީ އަހަރެންގެ ހިތުގެ ހިނގުން ދަށަށް ދާނެ ވަގުތަކަށް އިންތިޒާރުކޮށްގެން. މި މެޗަކީ ނިއުޓްރަލްކޮށް ތިބި މީހުންނަށް ބަލާލަން ވަރަށް ރަގަޅު މެޗެއް. އަހަރެންނަށް ޔަގީން މި މެޗު އެންމެންނަށް ވެސް ކަމުދާނެ ކަމަށް. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން ދިރާސާކުރަން ހުރި އެތައް ކަމެއް މެޗުން ފާހަގަކުރެވުނު.” މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ލިވަޕޫލްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޖެރާޑް ބުންޏެވެ.

Advertisement

“ޑިފެންސް ލައިނަށް ބަލާއިރު އަހަރެމެންނަށް މިރޭ އެންމެ ރަގަޅަށް ކުޅެވުނު ކަމަކަށް ފާހަގަ އެއް ނުކުރެވޭ. ތިން ގޯލު ވަނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިއީ މި ލެވަލްގެ މެޗެއްގައި ތިން ގޯލު އަހަރެމެންގެ ކޮޅަށް ވަތް ދެވަނަ ފަހަރު. އެއިން އެބަ ބުނެދޭ އަހަރެމެން މިހާރަށްވުރެ ބޮޑަށް އިންތިޒާމްވާން ޖެހޭ ކަން. އެކަމަކު މިރޭ އަހަރެމެން ދެއްކި ކުޅުމުން އެގޭ އަނެއް ކަމަކީ އަހަރެމެންގެ ޓީމުގައި މޮޅުވާން ބޭނުންވާ ކޮލިޓީ އެބަހުރިކަން.” ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އާދަޔާ ހިލާފު ގޮތަކަށް ޔޫއެފާ ޗެމްޕިއަންސް ލީގު 2005 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ޖެރާޑް ބުންޏެވެ.

ރޭ ބެލްޖިއަމްގައި ރޭންޖާސް އާއި އެންޓްވާޕް ކުޅުނު މެޗުން ރޭންޖާސް މޮޅުވެފައިވަނީ 3-4 އިންނެވެ. ރޭގެ މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށްވެސް އެންޓްވާޕް އޮތީ 2-3 އިން ކުރީގަ އެވެ. ރޭންޖާސް އަށް މެޗުން ކުރި ލިބުނީ 83 ވަނަ މިނެޓްގަ އާއި މެޗުގެ އެންމެ ފަހުމިނެޓްގައި އެންޓްވާޕް ކޮޅަށް ވައްދާލި ގޯލްތަކުންމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *