ރޮނާލްޑޯ ހިމޭނުން ބަހައްޓައި، ޕޯޓޯއިން ޔުވެންޓަސް ބަލިކޮށްފި
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އާ ދެކޮޅަށް ކުޅެ ޕޯޗްގަލްގެ އެފްސީ ޕޯޓޯ އިން ކުރި ހޯދައިފި އެވެ. ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅުނު ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބުކުރީ 1-2 އިންނެވެ.
ރޭގެ މެޗުގައި ޕޯޓޯ އިން ޖެހ ދެ ގޯލަކީ މެޗުގެ ދެ ހާފުގެ ވެސް ފުރަތަމަ މިނެޓްގައި ކާމިޔާބުކުރި ދެ ގޯލެވެ. ފުރަތަމަ ގޯލު މެޗު ފަށައިގެން ފަސްދޮޅަހަކަށް ސިކުންތު ވީ ތަނާ ޔުވެންޓަސްގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން ޕޯޓޯ އަށް ކާމިޔާބުކޮށްދިނީ މެހްދީ ތަރޭމީ އެވެ. މެޗުގައި ޕޯޓޯ އިން ކާމިޔާބުކުރި ދެވަނަ ލަނޑު އެ ޓީމުގެ މޯސާ މަރޭގާ ޖެހީ ފަހު ހާފު ފަށައިގެން 19 ސިކުންތު ވީ ތަނާ އެވެ.
މެޗުގެ ނަތީޖާ 0-2 ގައި އޮވެގެން ނިމެން ދަނިކޮށް ޔުވެންޓަސް އަށް ސުން ކަނޑުވާލައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ދެވަނަ ލެގުގެ މެޗުގައި ތުވެންޓަސް ކުރަން އޮތް މަސައްކަތަށް ލުޔެއް ހޯދައިދިން ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 72 ވަނަ މިނެޓްގައި ފެޑެރީކޯ ކިއެސާ އެވެ.
އިޓާލިއަން ލީގުގައި މި ސީޒަންގައި އެންމެ އެކަށީގެންވާ ކުޅެމެއް ނުދެއްކިފައިވާ ޔުވެންޓަސް އަށް ރޭގެ މެޗުގައި ޕޯޓޯގެ ހަލުވި އަދި ހަކަތަ ހުރި ޓީމުގެ ކުޅުމާ ކުރިމަތިލުން ވީ އުނދަގޫ މަސައްކަތަކަށެވެ. ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވެސް ރޭގެ މެޗުގައި ޕޯޓޯގެ ގޯލަށް ނުރައްކާ ކުރެވޭ ވަރެއް ނުވި އެވެ.
Advertisement
Leave a Reply