ނޭމާ އަށް އަނިޔާވެ ބާސެލޯނާއާ ދެކޮޅަށް ނުކުޅެވޭނެ

Advertisement

ނޭމާ އަށް އަނިޔާވެ ބާސެލޯނާއާ ދެކޮޅަށް ނުކުޅެވޭނެ

ޢަލީ ޝަހީމް

ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ނޭމާގެ ފަލަމަސްގަނޑަށް އަނިޔާވެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އަންނަ ހަފްތާ ބާސެލޯނާއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގްގެ މެޗުގައި ނުކުޅެވޭނަކަން ޔަގީންވެއްޖެ އެވެ.

ނޭމާ އަށް އަނިޔާވީ މިދިޔަ ބުދަ ދުވަހު ފްރެންޗް ކަޕްގައި ސިއެންއާ ދެކޮޅަށް ކުޅެ ޕީއެސްޖީ މޮޅުވި މެޗުގަ އެވެ. މުހިއްމު ދަނޑިވަޅެއްގައި ނޭމާ އަށް އަނިޔާވެ ގާތްގަނޑަކަށް ހަތަރު ހަފްތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ކްލަބުން ވަނީ ބުނެފަ އެވެ. މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުމުގައި ޕީއެސްޖީ އިން ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ބާސެލޯނާއާ ދެކޮޅަށް އެޓީމު ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ. ނޭމާ އަށް އަނިޔާވެފައިވާއިރު އެޓީމުގެ އެންހެލް ޑި މާރިއާ އަށް ވެސް އަނިޔާވެ ބާސެލޯނާ މެޗުގައި ނުކުޅެވޭނެ އެވެ.

Advertisement

ޕީއެސްޖީ އިން ބުނީ މާޗް 10 ވަނަ ދުވަހު ބާސެލޯނާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗަށް 29 އަހަރުގެ ނޭމާ ފިޓްވާނެ ކަމަށެވެ.

“އަހަރެން ހިތަށްއަރާ އަނިޔާވަނީ ކުޅޭ ސްޓައިލްގެ ސަބަބުންނޭ. އެއީ އަހަރެން ކަންބޮޑުވާކަމެއް. އަހަރެން ކޮށްޓާފައި ދާއިރު އާއްމުކޮށް ފައުލްކުރޭ. އަހަރެންނަށް ނޭނގެނީ އެއީ އަހަރެންގެ މައްސަލަކަމެއް ނޫނީ އަހަރެން ދަނޑުމަތީގައި ކުޅޭ ގޮތުގެ މައްސަލަކަމެއް” އަނިޔާގެ ސަބަބުން މީގެ ކުރިން ވެސް ގިނަ މެޗުތަކެއް ގެއްލިފައިވާ ނޭމާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެ އެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރު ކޮންމެވެސް ސަބަބަކާ ހެދި ނޭމާ އަށް ކްލަބުގައި ކުޅެވޭގޮތެއްނުވެ އެވެ. 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ސަސްޕެންޝަނުގެ ސަބަބުން ކުރީގެ ކްލަބް ބާސެލޯނާ އަށް ނުކުޅެވުނުއިރު 2017 ވަނަ އަހަރު ނޭމާ އަށް މިދުވަސްވަރު ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ވެސް އަހަރުގެ މިހިސާބުން ނޭމާ ދިޔައީ އަނިޔާއަށް ފަރުވާ ހޯދަމުންނެވެ.

އަނިޔާވުމުން އާއްމުކޮށް ނޭމާ މިދުވަސްވަރު ހޭދަކުރަނީ އުފަން ގައުމު ބްރެޒިލްގަ އެވެ. ބައެއް ސަޕޯޓަރުން ބުނާގޮތުން، ކޮންމެވެސް ސަބަބެއް ދައްކައިގެން ނޭމާ ބްރެޒިލަށް ދަނީ މާޗް 11 ވަނަ ދުވަހު އޭނާގެ ދައްތަގެ އުފަންދުވަސް ފާހަގަކުރުމަށާއި އެދުވަސްވަރު ބާއްވާ ރިއޯ ކާނިވަލްގައި ބައިވެރިވާން ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *