ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

Advertisement

ޔުވެންޓަސް އިޓާލިއަން ކަޕްގެ ފައިނަލަށް

ޢަލީ ޝަހީމް

ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި 0-0 އިން އިންޓަ މިލާނާ އެއްވަރުކޮށް 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ އިޓާލިއަން ކަޕްގެ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފި އެވެ.

އިންޓަގެ ދަނޑުގައި ކުޅެ ފުރަތަމަ މެޗުން ޔުވެންޓަސް 2-1 އިން މޮޅުވިއިރު ދެ ވަނަ ލެގް ޔުވެންޓަސްގެ ދަނޑުގައި ކުޅުނީ ރޭގަ އެވެ. ގޯލެއް ނުޖެހި މެޗު އެއްވަރުވިއިރު އިންޓަގެ ރޮމެލޫ ލުކާކޫ އާއި އަޝްރަފް ހަކީމީ އަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗް ވަނީ މަތަކޮށްފަ އެވެ. މި ދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗުގައި އިންޓަގެ ލައުޓާރޯ މާޓީނޭޒް ގޯލު ޖަހާފައިވަނިކޮށް ޔުވެންޓަސް ފަހަތުން އަރައި މޮޅުވީ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލުންނެވެ.

Advertisement

ފައިނަލުގައި ޔުވެންޓަސް ނުކުންނާނީ އެޓަލާންޓާ އާއި ނަޕޯލީ ވާދަކުރާ ސެމީ ފައިނަލުގެ އެގްރިގޭޓުން ކުރި ހޯދާ ޓީމަކާ ދެކޮޅަށެވެ. މި ދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އިޓާލިއަން ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަނުގެ އިޓާލިއަން ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނަޕޯލީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *