މަޅި ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލުގެ ވާދަވެރި މެޗްތައް މިއަދު

Advertisement

މަޅި ފުޓްސަލް ޗެލެންޖް: ސެމީ ފައިނަލުގެ ވާދަވެރި މެޗްތައް މިއަދު

ފަހުމިނެޓް
ރޭ ކުއާޓާގެ ފުރަތަމަ މެޗުގައި ވީކޭ އާއި ކްލަބް އޯވަންއޯ ކުޅެނީ. - ފޮޓޯ: މަޅި ފުޓްސަލް ޗެލެންޖް

މަޅި ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ ފޯރިގަދަ މެޗުތަކަށް ފަހު ޓީމުތައް ސެމީފައިނަލަށް ދަތުރު ކޮށްފި އެވެ. ސެމީއަށް ދަތުރުކުރީ ވީކޭ ސްޕޯޓްސް އާއި ރެމްޕޭޖް ގެ އިތުރުން މަސްއޮޑި ސްޕޯޓްސް ކުލަބާއި މަސްއޮޑި ޓައިޓަންސް އެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ޓީމް ކްލަބް އޯވަންއޯ އާއި ވީކޭ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމަކަށް ފަހު 1-0 އިން ވީކޭ މިމެޗް ކާމިޔާބުކުރީ މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެޓީމުގެ ސާމިން މުހައްމަދު ނަސީރު ކާމިޔާބު ކޮށްދިން ގޯލާއެކު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ސާމިން އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ރެމްޕޭޖް އާއި ޑީއޭ ރޯޔަލްސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ރެމްޕޭޖް ކާމިޔާބުކުރީ 2-1 އިން ޑީއޭ ރޯޔަލްސް މެޗު ކާމިޔާބުކުރަން ދަނިކޮށް އެންމެ ފަހު މިނިޓުގައި ދެ ގޯލު ކާމިޔާބު ކޮށް 3-2 ގެ ނަތީޖާއަކުންނެވެ. ރެމްޕޭޖަށް އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. އަދި އެޓީމް މޮޅުވި ލަނޑު ކާމިޔާބު ކާމިޔާބު ކޮށްދިނީ ޝިފާޒް އާދިލް (މަޓާ) އެވެ.

ރޭ ކުޅުނު ތިންވަނަ މެޗުގައި މަސްއޮޑި ސްޕޯޓްސް ކުލަބާއި ނޮއީނާ ވާދަކުރިއިރު މިމެޗް 5-0 އިން ކާމިޔާބުކުރީ މަސްއޮޑި ސްޕޯޓްސް އެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ މަސްއޮޑި ސްޕޯޓްސްގެ ހުސައިން ޝަރީފް (އޮންލީ) އެވެ. މިމުބާރާތުގައި މަސްއޮޑި ސްޕޯޓްސް ކުލަބު ކޮޅަށް އަދި ގޯލެއް ވަދެފައި ނުވާކަން ވެސް ފާހަގަ ކޮށްލަމެވެ.

ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް ކާސިންޖީ (ސީކޭ) އާއި މަސްއޮޑި ޓައިޓަންސް އެވެ. މިމެޗް 3-2 އިން ކާމިޔާބުކޮށް ސެމީގެ ދެވަނަ ޖާގަ ކަށަވަރުކުރީ މަސްއޮޑި ޓައިޓަންސް އެވެ. 2-2 އިން އެއްވަރުވާން ދަނިކޮށް މަސްއޮޑި ޓައިޓަންސް އަށް މެޗުގެ ފަހު ވަގުތުގައި މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަސްއޮޑި ޓައިޓަންސްގެ އިބްރާހީމް ރިމާހު އެވެ.

ސެމީގެ މެޗްތައް ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ. ހަވީރު ހަތަރެއް ޖަހާއިރު ސެމީގެ ފުރަތަމަ މެޗުގައި ވީކޭ ސްޕޯޓްސް ނުކުންނާނީ މަސްއޮޑި ޓައިޓަންސްއާ ދެކޮޅަށެވެ. އަދި ފަހެއް ޖަހާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ރެމްޕޭޖް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ “ޑުޕްރ ފިފްޓީން” އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށީގެ އިތުރުން ހަމަޖައްސާފައިވަނީ ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަން އެވެ. މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ރެޑްބުލް ހަމަޖައްސާފައިވާއިރު ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް ވަނީ ހަމަޖައްސައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ތިން ނޫހަކާއި މޯލްޑިވްސް ފުޓްސަލް ޕްލެޔާސް ފޭސްބުކް ޕޭޖް ވަނީ ހަމަޖައްސައިފަ އެވެ. މުބާރާތް ކަވަރުކުރާ މީޑިއާތަކަކީ “ފަހުމިނެޓް” ގެ އިތުރުން ވަގުތު އަދި ދެން ނޫހެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މި މުބާރާތަކީ ކޮވިޑް-19 ރާއްޖޭން ފެނުނުފަހުން މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. 32 ޓީމާ އެކު ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި މަޅި އެމްވީ އިން މި މުބާރާތް ކުރިއަށްގެންދަނީ ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބް ގުޅިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *