މަޅި ފުޓްސަލް ޗެލެންޖް: ކުއާޓާއަށް ޓީމުތައް ހޮވިއްޖެ

Advertisement

މަޅި ފުޓްސަލް ޗެލެންޖް: ކުއާޓާއަށް ޓީމުތައް ހޮވިއްޖެ

ޢަލީ ޝަހީމް
ރޭ މަސްއޮޑި ސްޕޯޓްސް އާއި ބޫޗީސް ބައްދަލުކުރި މެޗުގެ ތެރެއިން. - ފޮޓޯ: މަޅި ފުޓްސަލް ޗެލެންޖް

ކުޑަހެންވޭރު ޓާފް ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ޑޫޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރުގެ ކުޅުން ނިމި، ކުއާޓާ ފައިނަލުގައި ވާދަކުރާ 8 ޓީމު ޔަގީން ވެއްޖެ އެވެ.

ގަދަ 16 ގައި ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ރޭ ނޮއީނާ ވަނީ އެފްސީ ޒެޕިއަރ 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނޮއީނާގެ އަލީ ހައިޝަމް އެވެ. ދެ ވަނަ މެޗުގައި ކްލަބް ކާސިންޖީ (ސީކޭ) އިން ވަނީ 3-2 އިން އާން ދޯ ބަލިކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީކޭގެ އަހުމަދު ސިޒާން (ސިއްޕެ) އެވެ. މަސްއޮޑި ސްޕޯޓްސް ކުލަބާއި އާއި ބޫޗީސް ވާދަކުރި މެޗު 10-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަސްއޮޑި ސްޕޯޓްސް އަށް މިމެޗުގައި ފަސް ލަނޑު ކާމިޔާބު ކޮށްދިން އަޔާޒް އަހުމަދު (އަޔާ) އެވެ. އެންމެ ފަހު މެޗުގައި ޗިކެންސް ސްޕޯޓްސް ކުލަބާ ވާދަކޮށް 5-1 އިން މެޗު ކާމިޔާބު ކުރީ މަސްއޮޑި ޓައިޓަންސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މަސްއޮޑި ޓައިޓަންސްގެ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

Advertisement

ކުއާޓާ ފައިނަލުގެ ހަތަރު މެޗު ވެސް މިރޭ ކުޅުމަށް ހަމަޖެހިފައި ވާއިރު،  އަށެއް ޖަހާއިރު ފަށާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އޯވަންއޯ އާއި ވީކޭ ސްޕޯޓްސް އެވެ. ނުވައެއް ޖަހާއިރު ފަށާ މެޗުގަައި ރެމްޕޭޖް އަދި ޑީއޭ ރޯޔަލްސް ބައްދަލުކުރާއިރު 10 ޖަހާއިރު ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ނޮއީނާ އެވެ. އަދި 11 ޖަހާއިރު ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ކްލަބް ސީކޭ އާއި މަސްއޮޑި ޓައިޓަންސް އެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ “ޑުޕްރ ފިފްޓީން” އެވެ. ކޯ ސްޕޮންސަރުންގެ ގޮތުގައި އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށީގެ އިތުރުން ހަމަޖައްސާފައިވަނީ ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަން އެވެ. މުބާރާތުގެ ބެވެރޭޖް ޕާޓްނަރަކަށް ރެޑްބުލް ހަމަޖައްސާފައިވާއިރު ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިން ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. އެހެނިހެން ސްޕޮންސަރުންގެ ގޮތުގައި އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް ވަނީ ހަމަޖައްސައިފަ އެވެ.

މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ތިން ނޫހަކާއި މޯލްޑިވްސް ފުޓްސަލް ޕްލެޔާސް ފޭސްބުކް ޕޭޖް ވަނީ ހަމަޖައްސައިފަ އެވެ. މުބާރާތް ކަވަރުކުރާ މީޑިއާތަކަކީ “ފަހުމިނެޓް” ގެ އިތުރުން ވަގުތު އަދި ދެން ނޫހެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީ އިން މައުލޫމާތުދެ އެވެ. މި މުބާރާތަކީ ކޮވިޑް-19 ރާއްޖޭން ފެނުނުފަހުން މާލެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. 32 ޓީމާ އެކު މަޅި އެމްވީ އިން މި މުބާރާތް ކުރިއަށްގެންދަނީ ކުޑަހެންވޭރު ޔުނައިޓެޑާއި މަސްއޮޑި ސްޕޯޓްސް ކްލަބް ގުޅިގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *