ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަކުރަން ކުރި ކަމަކުން ރޮނާލްޑޯ ހޫނު ފެނަށް

Advertisement

ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަކުރަން ކުރި ކަމަކުން ރޮނާލްޑޯ ހޫނު ފެނަށް

ޢަބްދުﷲ އަޝްރަފް

ލޯބިވެރިޔާގެ އުފަން ދުވަސް ފާހަގަކުރުމަށްޓަކައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިޓަލީގައި އަޅާފައިވާ ފިޔަވަޅު ތަކާއި ހިލާފަށް ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ލޯބިވެރިޔާ އާއެކު އެހެން ރަށަކަށް ދަތުރުކުރުމުން އެ މައްސަލަ އިޓަލީގެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްގެ 27 ވަނަ އުފަން ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި، އެކަމަކު މިހާރު އަނބުރާ ނަގައިފައިވާ ފޮޓޯއެއްގައި އެ ދެމީހުން އިޓަލީގެ ފަރުބަދަ މަތީގެ ރިސޯޓެއްގައި ސްނޯމޯބައިލް އެއްގައި ތިއްބައި ފެނިފައިވެއެވެ.

އިޓަލީ އަކީ ޔޫރަޕްގައި މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށި އިރު އެންމެ ބޮޑަށް އޭގެ އަސަރު ކުރި އެއް ގައުމެވެ. މިވަގުތު އެ ގައުމު އޮތީ ދެވަނަ ފަހަރަށް އައި ކޮވިޑް ރާޅާއެކު ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދު ދަށް ނުކުރެވުމުގެ ސަބަބުން ސިޔާސީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އިޓަލީގައި މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގައިވާ ގޮތުން ކޮވިޑްގެ އޮރެންޖް އެލާޓް ނެރެފައިވާ ތަންތަނުން އެފަދަ އެހެން ތަންތަނަށް ދަތުރުކުރެވޭނީ ހަމައެކަނި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށާއި، އެމީހަކު ދެވަނަ ގެއެއްގެ ގޮތުގައި ބަލާ ތަނަކަށް ދަތުރުކުރުމަށެވެ.

އިޓަލީގެ ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ރިސޯޓަށް ގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އެ މީހުން އެނބުރި ޓިއުރިން އަށް އައީ އެ ރޭ ރިސޯޓްގައި މަޑުކުރުމަށް ފަހު ކަމަށެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ވަނީ ފަހުން ސޯޝަލް މީޑިއާ ގައި ރޮނާލްޑޯ އާ އެކު ގޭގައި އުފަންދުވަސް ފާހަގަ ކުރާ މަންޒަރު ދައްކައިދޭ ފޮޓޯއެއް އާންމުކޮށްފަ އެވެ. އާޖެންޓީނާ އަށް އުފަން ޖޯޖީނާއަކީ މޮޑެލްކުރުމުގެ ރޮގުން މަޝްހޫރުކަން ހޯދައިފައިވާ ފަރާތެކެވެ. އޭނާގެ އިންސްޓަގްރާމް 23 މިލިއަން މީހުން ފޮލޯ ކުރެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *