ހަނިމާދޫއަށް ތަފާތު ބޮޑު މޮޅެއް، މުލީ ޓީމުވެސް ފެށުން ރަނގަޅު ކޮށްފި

Advertisement

ހަނިމާދޫއަށް ތަފާތު ބޮޑު މޮޅެއް، މުލީ ޓީމުވެސް ފެށުން ރަނގަޅު ކޮށްފި

ޢަލީ ޝަހީމް

 

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ކުޅުނު ހދ އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ބޮޑު ތަފާތަކުން ހދ. ހަނިމާދޫ ޓީމު ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ރަށުގައި އެ އަތޮޅު ފިނޭގެ މައްޗަށް ހަނިމާދޫ ޓީމުން މޮޅުވީ 1-10 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގައި ހަނިމާދޫ ޓީމުން ވިދާލީ ހަތަރު ލަނޑު ކާމިޔާބު ކުރި އެޓީމުގެ ޢަލީ ޙުސައިން އެވެ. ހަނިމާދޫ ޓީމަށް ދެން ލަނޑުތައް ކާމިޔާބު ކޮށްދިނީ އާސިފް ސަލީމާއި އަޙްމަދު އަފްރާހުގެ އިތުރުން މުހައްމަދު އަދި މުހައްމަދު އަބްދުލް ޤަފޫރެވެ. މީގެ ތެރެއިން އާސިފް އާއި އަފްރާހް، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބު ކޮށްދިނެވެ. ފިނޭ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގައި މުހައްމަދު ޔާމީނެވެ. ހަނިމާދޫ ޓީމުގެ މިފަހަރުގެ ކޯޗަކީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދެއްކި މިލަންދޫ ޓީމަށް ކޯޗު ކޮށްދިން މުޙައްމަދު ނާސިރެވެ. ނާސިރަކީ ހަނިމާދޫ އަށް އުފަން ކުރީގެ މަޝްހޫރު ކުޅުންތެރިއެކެވެ.

ހދ. އަތޮޅު ބުރުގެ ގްރޫޕް އެކެއްގައި ހިމެނެނީ މި ދެޓީމުގެ އިތުރުން ނޮޅިވަރަމް އަދި ނެއްލައިދޫއެވެ. ގްރޫޕް ދޭއްގައި އަތޮޅު ބުރުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށްޓާއި ނޮޅިވަރަންފަރު އަދި ކުމުންދޫ އެވެ. މި ގްރޫޕުގައި ހިމެނުނު ކުރިނބީ ވަނީ ފަހު ވަގުތު ނަން އަނބުރާ ގެންގޮސްފައެވެ. ހދ. އަތޮޅުގައި މާދަމާ ކުޅޭ ގްރޫޕް އެކެއްގެ މެޗުގައި ބައްދަލުކުރާނީ ނޮޅިވަރަމް އަދި ނެއްލައިދޫ އެވެ. ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި ކުޅުދުއްފުށި ނުކުންނާނީ ނޮޅިވަރަންފަރާއި ދެކޮޅަށެވެ.

މި މުބާރާތުގެ މ. އަތޮޅު ބުރުގެ މެޗުތައްވެސް މިއަދު ވަނީ ފަށާފައެވެ. އެ އަތޮޅު މުލީގައި ކުރިއަށްދާ އަތޮޅު ބުރުގައި އެރަށުގެ އިތުރުން ދެން ބައިވެރިވީ ވޭވަށާއި، މުލަކުގެ އިތުރުން މަޑުއްވަރީ އެވެ. އެ އަތޮޅުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ މުލި އަދި ވޭވަށެވެ. މި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މުލީ ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މުލީ ޓީމުން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ޢަލީ ރައިހާނެވެ. ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ވޭވަށު ޓީމުން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ ޢަބްދުއް ޚަލީލް އާއި ޝަޒީމް ޙަސަނެވެ. މ އަތޮޅު ބުރުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަޑުއްވަރި އަދި މުލަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *