ބެރަހީނޯ ގޯލެއް ނުޖަހާތާ މިއަދަށް ދެ އަހަރު

Advertisement

ބެރަހީނޯ ގޯލެއް ނުޖަހާތާ މިއަދަށް ދެ އަހަރު

ޢަލީ ޝަހީމް

 

ފުޓްބޯޅައިގައި ލަނޑު ޖަހާ ކުޅުންތެރިންނަކީ އެންމެ މަގްބޫލު ކުޅުންތެރިންނެވެ. މާ މޮޅަށް ނުކުޅުނަސް ލަނޑު ޖަހާނަމަ އެ ކުޅުންތެރިއެއްގެ ވާހަކަ ފުޓްބޯޅައިގެ ސަޕޯޓަރުން އަބަދުވެސް ދައްކައެވެ. ނަމަވެސް މިފަހަރު މިއީ ތަފާތު ކަމެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ސްޓޯކް ސިޓީއަށް ކުޅޭ އުމުރުން 24 އަހަރުގެ ސައިޑޯ ބެރަހީނޯ ލަނޑެއް ނުޖަހާތާ މިވަނީ ދެ އަހަރު ވެފައެވެ. މިއީ ފަހަކަށް އައިސް ޕްރިމިއަރ ލީގުގައި ފޯވާޑަށް ކުޅޭ ކުޅުންތެރިއަކު ލަނޑެއް ނުޖަހާ ވޭތުވި އެންމެ ދިގު މުއްދަތެވެ.

Advertisement

އިނގިރޭސި އެކި އުމުރުފުރާ ތަކުގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ ބެރަހީނޯ އެންމެ ފަހުން ގޯލެއް ޖަހާފައިވަނީ މީގެ ދެއަހަރު ކުރިން ފެބްރުއަރީ 27 ވަނަ ދުވަހު ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އޭރު ވެސްޓް ބްރޮމް ޓީމަށް އޭނާ ކުޅުނު އިރު އެ މެޗުން އެޓީމު މޮޅުވީ 3-2 އިންނެވެ. އޭގެ ފަހުން އޭނާ ވަނީ 2016 ޖުލައިމަހު 12 މިލިއަން ޕައުންޑަށް ސްޓޯކް ސިޓީއަށް ބަދަލުވެ އެޓީމަށްވެސް 43 މެޗު ކުޅެދީފައެވެ. ސްޓޯކަށް ބަދަލުވެ ހަމައެކަނި ޕްރިމިއަރ ލީގުގައިވެސް އޭނާ ވަނީ 2128 މިނެޓް ކުޅެ 43 ހަމަލާ ގޯލަށް ފޮނުވާލާފައެވެ.

ބެރަހީނޯއަށް ގޯލެއް ކާމިޔާބު ނުކުރެވޭތާ 2 އަހަރު ފާއިތުވެގެން ދިއުމުން މީޑިޔާގައި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އޭނާ ވަނީ 2013-2014 ސީޒަނުގައި ވެސްޓް ބްރޮމް ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ސީޒަނުގައި އެޓީމަށް ބެރަހީނޯ ވަނީ 20 ލަނޑު ޖަހައިދީފައެވެ. ބެރަހީނޯގެ މޮޅު ކުޅުން އެސީޒަނުގައި ފެނުމުން ޓޮޓެންހަމް އިން ވަނީ އޭނާ ގެންދިއުމަށް އޭރު 15 މިލިއަން ޕައުންޑް ހުށަހަޅާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *