މޯހަން އީގަލްސްގެ ކޯޗުކަމުން ވަކިވެއްޖެ

Advertisement

މޯހަން އީގަލްސްގެ ކޯޗުކަމުން ވަކިވެއްޖެ

ޢަބްދުﷲ އަޝްރަފް

މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ މަގާމު ކްލަބް އީގަލްސް އަށް ހޯދައިދިން ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އެ ކްލަބްގެ ހެޑް ކޯޗުކަމުގެ މަގާމުން ވަކިވެއްޖެ އެވެ. މި ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އިން ދެ ލަނޑު ޖަހައިފައިވަނިކޮށް ފަހަތުން އަރައި ތިން ގޯލް ޖަހައިގެން މެޗު ކާމިޔާބުކުރި އީގަލްސްގެ ކޯޗު ކަމުގެ މަގާމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުވެސް ފުރި މޯހަން ވަކިވި ކަން އީގަލްސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އީގަލްސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުލަބްގެ ފަރާތުން ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ މޯހަން އާއި ކުލަބާއި ދެމެދު ވާހަކަ ދެއްކުމަށް ފަހު އެންމެ ރަގަޅު ގޮތަކަށް ފެނުނީ މިވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށާއި، އެހެން ކަމުން އެގޮތުގެ މަތިން ދެފަރާތުންވެސް ކަންކުރީ ކަމަށެވެ. މޯހަން އާއެކު ހަދާފައިވާ އެއްބަސްވުން އުވާލިކަން ހާމަކުރަމުން އީގަލްސްގެ ފަރާތުން ވަނީ އެ ކްލަބްގެ ކޯޗެއްގެ ގޮތުގައި މޯހަން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

މިފަހަރުގެ ސީޒަންގައި މިހާތަނަށް އީގަލްސް އިން ލީގުގައި ހަތް މެޗު ކުޅެފައިވާއިރު އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. އެއް މެޗު އެއްވަރު ވިއިރު އަނެއް ހަތަރު މެޗުން ވީ ބައްޔެވެ. އެންމެ ފަހުން އީގަލްސް އިއްޔެ ގްރީން ސްޓްރީޓްސް އަތުން ބަލިވެފައިވަނީ 1-4 އިންނެވެ. މި ނަތރީޖާ އާއެކު އެ ޓީމު މިވަގުތު އޮތީ ޓޭބަލްގެ ހަތްވަނައިގަ އެވެ.

މޯހަން އަކީ މި ސީޒަންގެ ދިވެހި ޕްރިމިއަރ ލީގު ފެށުނު ފަހުން މަގާމުން ވަކިވި ދެވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާގެ ކޯޗުކަމުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭހައި މަގާމުން ވަކިވެފަ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *