ޔުނައިޓެޑް މޮޅުވެއްޖެ ނަމަ އެވާނީ ބޮޑު ހައިރާންކަމަކަށް: ސޯލްޝެއާ

ޢިނގިރޭސި ޕްރިމިއަރ ލީގުގައި މާދަމާ ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެއްޖެ ނަމަ އެކަން ވާނީ ބޮޑު ހައިރާންކަމަކަށް ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއަރ ބުނެފި އެވެ. ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމާއި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުވި ސޯލްޝެއަރ މިހެން ބުނެފައިވަނީ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މާދަމާ ރޭގެ މެޗާ ކުރިމަތިލާ އިރު އިނގިރޭސި ލީގުގެ ތަށި 20 ފަހަރު ހޯދާފައިވާ ޔުނައިޓެޑް އޮތީ ރަގަޅު ފޯމެއްގަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް އެ ޓީމު ލީގުގައި 11 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން ނުވަ މެޗު ކާމިޔާބުކޮށް އަނެއް ދެ މެޗް ވަނީ އެއްވަރުކޮށްފައެވެ. މިވަގުތު އެ ޓީމު އޮތީ ވެސް ލިވަޕޫލަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެން ޓޭބަލްގެ އެއްވަނައިގަ އެވެ. މިއީ 2013 ވަނަ އަހަރުގެ ފަހުން އާ އަހަރެއް ފެށުމަށް ފަހު ލީގުގެ އެއްވަނައިގައި ޔުނައިޓެޑް އޮތް ފުރަތަމަ ފަހަރެވެ.
އަނެއްކޮޅުން 30 އަހަރަށްފަހު ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި ލީގު ތަށި އުފުލާލި ލިވަޕޫލަށް އެ ސީޒަންގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރުކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މިދިޔަ ސީޒަންގެ މިހިސާބުގައި ލިވަޕޫލަށް ލިބުނު ޕޮއިންޓްގެ އަދަދަށް ބަލާއިރު މިފަހަރު އެ ޓީމު އުޅެނީ 16 ޕޮއިންޓް ފަހަތުގަ އެވެ. އަދި، މިވަގުތު ޔުނައިޓެޑް ތިން ޕޮއިންޓްގެ ލީޑަކާއެކު ކުރީގައި އޮތް ނަމަވެސް މިދިޔަ ނޮވެމްބަރު މަސް ފެށުނު އިރު ލިވަޕޫލް އޮތީ ޔުނައިޓެޑަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ.
ކަން މިހެން އޮތް ނަމަވެސް ޔުނައިޓެޑްގެ ކޯޗު ސޯލްއޝެއަރ ގަބޫލުކުރާ ގޮތުގައި އެއީ އޭނާ މާ ބޮޑު ސަމާލުކަމެއް ދޭ ކަމެއް ނޫނެވެ.
“ޖެނުއަރީ މަހު ޓޭބަލްގެ އެއްވަނައިގައި އޮވެގެން ލިބޭނެ އެކައްޗެއްވެސް ނެތް. އެއީ އަހަރެމެން މާ ބޮޑަށް ފާހަގަކުރާ ކަމެއް ވެސް ނޫން. ޓޭބަލްގައި އަހަރެމެން އޮތް ހިސާބަކީ އެކަމަކު އަހަތރެމެންނަށް އިތުބާރު ލިއްބައިދޭ ކަމެއް. އަދި، އެއީ އަހަރެމެން މިހާރު ތިބި ހިސާބު ބުނެދޭ ކަމެއް. އަމިއްލަ ދަނޑުގައި އާދަޔާ ހިލާފް ރެކޯޑެއް އޮތް އެންމެ ފަހުގެ ޗެމްޕިއަން އާ ދެކޮޅަށް ނުކުންނަ މެޗަކީ ޔަގީނުންވެސް އަހަރެމެންނަށް ކުރިމަތިވާނެ ވަރުގަދަ އިމްތިހާނެއް.” މާދަމާ ރޭގެ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސޯލްޝެއަރ ބުންޏެވެ.
“އަހަރެމެންނަށް އެންފީލްޑަށް ގޮސް އެ މީހުން ހައިރާން ކޮށްލެވިދާނެތަ؟ އެމީހުންނަކީ ޗެމްޕިއަނުން. އަހަރެމެންނަކީ އެމީހުންނާ ވާދަކުރަން މަސައްކަތްކުރާ ބައެއް. އަހަރެމެން މި އުޅެނީ އެމީހުންގެ އަތުގައި އޮތް އެއްޗެއް ހޯދަން. އެމީހުން އެންމެ ފަހުން މިދިޔަ ދެ ސީޒަނެއްގައި ހޯދި ނަތީޖާ ތަކަށް ބަލާއިރު އަހަރެމެން މޮޅުވުން ވާނީ ބޮޑު ހައިރާން ކަމަކަށް.” ޔުނައިޓެޑާ އެކު ކޯޗެއްގެ ގޮތުގައި އަދި ޓްރޮފީ އެއް އުފުލާލުމުގެ ނަސީބު ލިބިފައި ނުވާ ސޯލްޝެއަރ ބުންޏެވެ.
މާދަމާ ރޭ ރާއްޖޭގެ ގަޑިން 09:30 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ ލިވަޕޫލާއި ޔުނައިޓެޑްގެ މެޗުން ލިވަޕޫލް މޮޅުވެއްޖެ ނަމަ އެ ޓީމަށް އަލުން ޓޭބަލްގެ އެއްވަނަ ލިބޭނެ އ
Advertisement


Leave a Reply